ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ތިބީ ވެރިކަން ބަދަލުުކުރެވުނު މޮޔަ ހީވެފައި: ސޯލިހު

އެމްޑީޕީގެ އެޑްވައިޒަރ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް --- ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މިވަގުތު ތިބީ ސަރުކާރު ބަދަލު ކުރެވުނު މޮޔަހީވެފައިކަމަށާއި، މަޖިލިސް އިންތިހާބުން ކަންކަން ރަނގަޅު ކުރުމަށް ދިވެހި ރައްޔިތުން ބޭނުންވާކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް، އެމްޑީޕީން ވެސް ކެމްޕެއިން ކުރަމުން ގެންދާއިރު އެ ޕާޓީން ތަކުރާރުކޮށް ބުނަމުން ދަނީ ސަރުކާރަށް އަޣުލަބިއްޔަތު ނުދިނުމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ފުރުސަތު ދޭން ވެސް ވަނީ އެދިފަ އެވެ.

ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި، އެމްޑީޕީން މަސައްކަތް ކުރަނީ މަޖިލިސް ތެރެއިން އުނދަގޫކޮށް ޖެއްސުން ކުރުމަށެވެ. އަދި ސަރުކާރުން ފަށައި އިއުލާނުކޮށްފައިވާ މަޝްރޫއުތަކަށް ހުރަސް އެޅުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ހަރަދުތައް އިންތިހާއަށް ބޮޑުކަމަށާއި މަޖިލިސް އިންތިހާބަށް އެކަނި ވެސް އެތައް ވަޒީފާތަކެއް އުފައްދާފައިވާކަމަށެވެ. ސިޔާސީ ވަޒީފާތައް އުފެއްދުމަށް ދައުލަތުގެ ވަސީލަތްތަކާއި، ފައިސާ ބޭނުން ކުރާއިރު ރައްޔިތުންނަށް ރަނގަޅު ޕްރޮޖެކްޓެއް ހިންގައި ހިދުމަތެއް ދިނުމަށް އެއްވެސް ފައިސާއެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރަށް ރައްޔިތުންގެ މަޖިލިސްގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ދެން އަނެއްކާވެސް ތަކުރާރުވެގެން ދާނީ ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިންގެވި ފަދަ އަނިޔާވެރި ވެރިކަމެއްގެ މިސްރާބަކަށެވެ. އެކަމުގެ އަސަރުތައް މިހާރު ވެސް ފެންނަން ފަށާފައިވާކަމަށާއި ވަޒީފާގެ ބިރު ދައްކައި އިންތިހާބަށް ނުފޫޒު ފޯރުވަމުން ގެންދާކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ތަފާތު ހިޔާލެއް ހުރުމުގެ ސަބަބުން ނުވަތަ ފިކުރު އެއްގޮތް ނުވުމުން މިހާރު ވެސް އެތައް ބަޔަކު ވަޒީފާއިން ވަކިކޮށްފައިވާކަމުގެ ތުހުމަތު ރައީސް ސޯލިހު ކުރެއްވި އެވެ. މިއީ އާއިލާތައް ބިކަކޮށް، ދެވޭ އަނިޔާއެއްކަމަށާއި ރައްޔިތުންނަށް ދޭ މިފަދަ އަނިޔާތައް ހުއްޓުވަން ޖެހޭކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައްޔިތުންނަށް އެއްވެސްކަމެއްކޮށް ދޭން ފައިސާއެއް މި ސަރުކާރުގެ ނެތް… މި ކަހަލަ އެތައް އޮޅުވާލުމެއްގެ ތެރޭގައި މިދަނީ..

ރައީސް ސޯލިހު ވިދާޅުވީ ކުންފުނިތަކުގެ މާލީ ހާލަތު ގޯސްކަމަށް ބުނެ ވެސް، ދަނީ ނުހައްގުން ވަޒީފާތައް ދެމުންކަމަށެވެ. ވަޒީފާތައް ދިނުމުގައި މައްސަލައެއް ނެތްކަމަށާއި، އެހެން ނަމަވެސް މަސައްކަތްތައް ހަވާލު ކުރަން ޖެހޭނީ އެކަމަށް ގާބިލު އިލްމީ މީހުންނަށްކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު މައްސަލައަކީ ބަހާ އަމަލާ ދިމާނުވުން ކަމަށެވެ.

މަޖިލިސް އިންތިހާބަށް ހަތް ދުވަހަށްވީއިރު، މި ވެރިކަން މަތީން ރައްޔިތުން ފޫހިވެފައިވާކަމަށާއި ސަރުކާރު ބަދަލު ކުރެވުމުގެ މޮޔަ މިހާރު ރައްޔިތުންނަށް ހީވާން ފަށާފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެހެންވެ ރައްޔިތުން ބޭނުން ވަނީ ކަންކަން ހަމައަކަށް އެޅުވުމަށްކަމަށާއި، އެ މަސައްކަތް ފެށެން އޮތީ ރައްޔިތުންގެ މަޖިލިސް އިންތިހާބު ލިބިގެންކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: