ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ހަސަން އައްޔަނުކޮށްފި

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް މިއަދު އައްޔަން ކުރެއްވި ހަސަން ޒަކަރިއްޔާއަށް މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެމްބަރުކަމަށް އެ ކޮމިޝަނުގެ ސެކޭޓްރީ ޖެނެރަލްގެ މަގާމު އަދާކުރަމުން ދިޔަ ހަސަން ޒަކަރިއްޔާ އައްޔަނުކޮށްފި އެވެ.

އީސީގެ މެމްބަރުކަމަށް ޒަކަރިއްޔާ އައްޔަނުކޮށްފައި ވަނީ ގާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ 04 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތީންނެވެ.

ޒަކަރިއްޔާ ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަނު ކުރިކަމުގެ ލިއުން ހަވާލު ކުރެއްވީ އެކަމަށްޓަކައި ހާއްސަކޮށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހަައްމަދު މުއިއްޒެވެ.

ލިއުން ހަވާލު ކުރުމުގެ ކުރިން ޒަކަރިއްޔާ ވަނީ އީސީގެ މެމްބަރުކަމުގެ ހުވައި ކުރައްވާ އިގުރާރުގައި ސޮއި ކުރައްވާފަ އެވެ.

އީސީއަށް ޒަކަރިއްޔާ އައްޔަނު ކުރުމަށް މަޖިލީހަށް ފޮނުއްވީ ރައީސް މުއިއްޒެވެ. ކޮމިޝަނުގެ މަގާމަށް ހުސްވެފައި ވަނީ، އެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބްގެ ދައުރު ހަމަވުމުންނެވެ. ދެ ދައުރު ފުރިހަމަކޮށް، އީސީގައި ހޭދަ ކުރި ގިނަ އަހަރުތަކަށް ފަހު ހަބީބް ވަނީ ރިޓަޔަރ ވެސް ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: