ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރުޓީއެލްގެ ހިދުމަތް ފަށާފައި ވަނީ ރަނގަޅު ގޮތުގައި އިންތިޒާމު ކުރެވިގެންނެއް ނޫން: އަމީން

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އަމާޒަކީ ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ގެ ހިދުމަތް ފުޅާކޮށް ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އަމީން ވިދާޅުވީ އާރުޓީއެލްގެ ހިދުމަތް މިހާރު ވެސް ރާއްޖޭގެ ވަކި ސަރަހައްދުތަކެއްގައި ދެމުން ގެންދާއިރު ސަރުކާރުގެ އަމާޒަކީ ހިދުމަތްތައް ފުޅާކޮށް ވީހާވެސް ރަނގަޅަށް ރައްޔިތުންނަށް ހިދުމަތް ދިނުން ކަމަށެވެ. އާރުޓީއެލްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތަކަށް ކުރިޔަށް ގެންދިއުމަށް ބައެއް ބަދަލުތައް ގެންނަން ޖެހޭކަމަށް އަމީން ވިދާޅުވި އެވެ.

ސަރުކާރާއި ހަވާލުވުމަށް ފަހު، އާރުޓީއެލްގެ ހިދުމަތްތަކަށް ބެލިއިރު މިނިސްޓަރ ވިދާޅުވި ގޮތުގައި މިނިސްޓްރީއަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވުނެވެ. އަމީން ވިދާޅުވީ އާރުޓީއެލްގެ ހިދުމަތް ފަށާފައި ވަނީ ރަނގަޅު ގޮތުގައި އިންތިޒާމު ކުރެވިގެން ނޫންކަމަށެވެ. އަދި އެކަން ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ކުރިޔަށް އޮތް ދޮޅުމަހެއްގެ ތެރޭގައި ނިންމާލެވޭނެކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ.

އަމީން ވިދާޅުވީ އާރުޓީއެލްގެ ހިދުމަތް މިވަގުތު ދެމުން ދަނީ ސީދާ ރައްޔިތުން ބޭނުންވާ ރޫޓުތަކަށް ބަލައިގެން ނޫންކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރާއިރު، އެކަމަށް އިތުރު ލޯންޗާއި ފައިނޭންސް ވެސް ބޭނުންވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެއިތުރުން އަމީން ވިދާޅުވީ އެމްޓީސީސީގެ އާރުޓީއެލްގެ ހިދުމަތް ދިނުމަށް ޓާމިނަލްތައް އަޅާފައިވާއިރު އެތަންތަން ކައުންސިލްތަކުގެ ދަށަށް ބަދަލު ކުރުމަކީ ރަނގަޅު ގޮތްކަމަށް ފެންނަކަމަށެވެ. އެހެން ނަމަވެސް ޓާމިނަލްތަކަށް އެމްޓީސީސީން ބޮޑު ހޭދައެއްކޮށްފައިވާއިރު އެ ރިކަވާރ ކުރެވޭނެ ގޮތެއް ހޯދައި ކައުންސިލްތަކާއި އެތަންތަން ހަވާލު ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 17%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. އަވަހަށް ރިބަންކަނޑާލާ. ބުނޭ މުއިއްޒުގެ އިރުށާދާއެއްގޮތަށް ލަފާގެމަތިން މަސައްކަތް ފެށުނީއޭ….މިހާރު ފައިދާވެޔޭ …ކުރިންވީގެއްލުމޭ. ދަރަނިވެސް ކުރިން ވަރަށްބޮޑޭ. މި4 މަސްތެރޭ ދެއްކިއްޖެއޭ… އާނ ފަހެ އެއްކޮށް ބަނގުރޫޓުވެފައޮތް ތަނެއްގެ އިގުތިސާދު އެންމެ 4 މަސްތެރޭ ކޮޅަށްށްޖަހާ ޑޮލަރުގެ އަގުތިރިކޮށް ހުރިހާ ކުންފުނި ފައިދާވާ ތަންތަނަށް ހަދާ ބިލިއަނެއް ހަރަދުކުރިއިރުވެސް ބައިތުލްމާލަށް އެނގިވެސްނުލާވަރަށް ކުރިއަށްޖައްސާލި މީހެއްގެ ވާހަކަ ދައްކަން ޖެހޭނެތާ.

  2. އެންމެން ބޭނުންވާ ގޮތަކަށް އަދި އެންމެން ހިތްހަމަޖެހޭ ގޮތަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. ތި ބަދަލުކުރިޔަސް އެކަން އޮންނާނީ އެގޮތަށް. އެނގޭހާވެސް އެއްޗަކީ ދަތުރުފަތުރު ކުރުމަށް ކުރަންޖެހުނު ހޭދަ ވަރަށް ބޮޑުތަން ލުއިވެގެން ދިޔަކަން. މިހާރުވެސް ދަންވަރު ފްލައިޓް ދަތުރުކުރަންޏާ ހަނިމާދޫއަށް ދާން އާރްޓީއެލް ފެރީ އަށް ކުރަންޖެހޭ ޚަރަދަށް ވުރެ ރަށު ލޯންޗަށް ކުރަންޖެހޭ ޚަރަދު 2 ނުވަތަ 3 ގުނަ އިތުރުކަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: