ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަށިއްވިއްކުމުގެ ޓެލެގްރާމް ގުރޫޕް މައްސަލައިގައި 60 އަހަރުގެ ޓެކްސީ ޑްރައިވަރު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޓެލެގްރާމްގައި އެކި ނަންތަކުގައި ދެ މީހެއް ޝާމިލުވެގެން ހިންގަމުން ދިޔަ ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރިއަށް މަގުފަހި ކުރުމުގެ ގޮތުން އެކަމަށް ހާއްސަކޮށް ގެންގުޅުނުކަމަށް ބުނާ ޓެކްސީ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.

ބޮޑެތި ކުށްތަކަށް އަރައިގަނެ، ”ޖަޒީރާ އެޑްމިން“، ”ޖަޒީރާ ގާލްސް“ އަދި ”ޖަޒީރާ އެސްކޯޓް ގެލެރީ“ އާއި ”ޖަޒީރާ ސްކޭމް އެލާޓްވ ގެ އިތުރުން ”ޖަޒީރާ ލިންކް“ ގެ ނަމުގައި ޓެލެގްރާމްގައި ހިންގަމުން ދިޔަ ގުރޫޕުތަކެއް ފުލުހުން ހިފެހެއްޓީ މިދިޔަ މަހުގެ 06 ވަނަ ދުވަހު އެވެ.

2023 ވަނަ އަހަރުން ފެށިގެން ހިންގަމުން ދިޔަ ޓެލެގްރާމްގެ ފަސް ގުރޫޕެއް ތަހުގީގުކޮށް ހައްޔަރު ކުރީ 28 އަހަރުގެ ފިރިހެނަކާއި، 39 އަންހެނެކެވެ. އަދި މާލޭގެ ސަރަހައްދުން އެ މީހުންނާ ގުޅުން ހުރި ހަތަރުތަނެއް ބަލައި ފާސްކޮށް ބައެއް ހެކި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނި ގޮތުގައި ހައްޔަރު ކުރި މީހުން ވަނީ އެ މީހުންގެ މަސައްކަތާ ނުބައްދަލު މާލީ ބޮޑެތި މުއާމަލާތްތަކެއް ވެސް ހިންގާފަ އެވެ. ހަށިވިއްކުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއަށް ހާއްސަކޮށްގެން ވަކި ޓެކްސީއެއް ގެންގުޅުނުކަން ތަހުގީގަށް ހޯދިފައިވާތީ އެ މައުލޫމާތު ވެސް ފުލުހުން ދިނެވެ.

އެ ޓެކްސީ ބޭނުން ކުރީ ފުލުހުން ބުނެފައިވާ ގޮތުގައި ހަށިވިއްކުމުގެ ބޭނުމަށް ގެނެސްފައި ތިބި މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމަށެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިއަދު ބުނީ އެ ގުރޫޕު ހިންގުމުގައި ބައިވެރިވިކަމުގެ ތުހުމަތަށް 60 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާކަމަށެވެ. އޭނާގެ ބައިވެރިވުން ޓެލެގްރާމް ގުރޫޕުގައި އޮތީ ކޮން ގޮތަކުންކަން ފުލުހުން ހާމަނުކުރި ނަމަވެސް އެނގިފައިވާ ގޮތުން އޭނާއަކީ ފުލުހުން ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރި ޓެކްސީ ޑްރައިވަރެވެ. މިދިޔަ މަހުގެ 30 ގައި އޭނާ ހައްޔަރުކޮށް ފުލުހުން ވަނީ، ދެ ފަހަރެއްގެ މަތީން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.

ފައިސާގެ ބޮޑެތި މުއާމަލާތްތައް ވެސް ކުރިކަމުގެ ތުހުމަތު ކުރެވޭ މި މައްސަލައިގެ ތެރޭގައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުވެފައިވާކަމަށް ފުލުހުން ބުނެއެވެ. ގިނަ އަދަދެއްގެ ބަޔަކު ޓެލެގްރާމް ގުރޫޕަށް މެސެޖު ކުރާއިރު މަސްތުވާތަކެތި ހޯދުމަށާއި، ހަށިވިއްކުމަށް ވެސް ވާހަކަ ދެކެވިފައި ވެއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންއާއި ޑްރަގް ޓެރެފިކިން އަދި ހަށިއްވިއްކުމާއި ހަށިވިއްކުމަށް ހިތްވަރު ދިނުމާއި، އޮރިޔާން ކާޑު އުފެއްދުމާއި، އިރުޔާން ކާޑު ބެހުމުގެ ކުށުގެ ތުހުމަތެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 60%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: