ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާއި މަޖިލިސް މެޖޯރިޓީ ލިބިގެން، އެމްޑީޕީއަށް ނެރެދެވުނު ނަތީޖާއެއް ނެތް: ހީނާ

ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކަރާއި އެކު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބި އޮވެމެ އެމްޑީޕީއަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނާއި ހަމައަށް ގެނެސް ދެވެނު ހެޔޮ އެއްވެސް ބަދަލެއް، ނަތީޖާއެއް ނެތްކަމަށް ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

އޭޕްރިލް 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހަށް ގާތްވެފައިވާއިރު، ސަރުކާރުން ބޭނުން ވަނީ ތިންބައިކުޅަ ދެބައި ގޮނޑިތައް ކާމިޔާބު ކުރުމަށެވެ. އަދި އެމްޑީޕީން ބުނަމުން ދަނީ ސަރުކާރު ޖަވާބުދާރީ ކުރުވައި، ފާރަވެރިވެވޭނީ އެ ޕާޓީއަށް މަޖިލިސް މެޖޯރިޓީ ލިބިގެން ކަމަށެވެ.

އިންތިހާބަށް އަމާޒުކޮށް ޕީޕީއެމް/ޕީއެންސީ ސިލްސިލާކޮށް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާއިރު މި ޕްރެސްތަކުގައި ޕާޓީގެ މަސައްކަތްތަކާއި ތައްޔާރީތައް ހިއްސާ ކުރެ އެވެ. މިއަދުގެ ބައްދަލުވުމުގައި ވެސް ހީނާ ވަނީ އެގޮތުގެ މަތީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކެއްގެ މައުލޫމާތުތައް ހިއްސާ ކުރައްވާފަ އެވެ.

އިންތިހާބަށް މާލޭގެ އެކި ސަރަހައްދުތަކުގައި ކެންޑިޑޭޓުންނާއި، ޕާޓީތަކުން ބެނާތަކާއި ޕޯސްޓަރުތައް ހަރުކޮށްފައިވާއިރު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ އެމްޑީޕީން އެންޓި ކެމްޕެއިންގެ ޝިއާރުތައް ލިޔެ އާންމު ކުރަމުން ދާކަން ސަމާލުކަމަށް އައިސްފައިވާތީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. އިންތިހާބާ ދެމެދު ބާކީ ފަސް ދުވަސް އޮތް އިރު ހީނާ ވިދާޅުވީ ކެމްޕެއިނަށް ވަރަށް ފޯރިއާއި އެކު މަސައްކަތްތައް ދަނީ ކުރިޔަށްކަމަށާއި މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ޕީޕީއެމް/ޕީއެންސީއަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅުން މިދިޔަ ދުވަސްތަކުގައި ހަމަނުޖެހުން ހިންގައި، ތަޅުމުގައި މާރާމާރީ ކުރިއިރު ހީނާ ވިދާޅުވީ އެއީ ރައްޔިތުން ބަލައިގަންނަ އަމަލުތަކެއް ނޫންކަމަށެވެ. މަޖިލީހުގެ ސާމާނުތަކަށް ގެއްލުން ދީ، އެހެން މެމްބަރުންނަށް ވެސް އަނިޔާ ކުރިއިރު ހީނާ ވިދާޅުވީ އަނެއްކާވެސް އެކަން ތަކުރާރު ކުރާނެ މެމްބަރުން މަޖިލީހަށް ގެންނާނީ ތޯ ނުވަތަ ނޫން ތޯ ނިންމާނީ ދިވެހި ރައްޔިތުންކަމަށެވެ.

ހީނާ ވިދާޅުވީ ފަސް އަހަރުގެ ދައުރަކާއި އެކު ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީ އަތުގައިމަށެވެ. ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތެއް ވަގުތުން ވަގުތަށް ފޯރުކޮށް ދިނުމަށް ގާނޫނުއަސާސީއަށް ވެސް ބަދަލު ގެނެވޭނެހާ އަޣުލަބިއްޔަތު އޮވެމެ އެގޮތަށް މަސައްކަތް ނުކުރެވި އޮތީ ކީއްވެގެން ތޯ ހީނާ ސުވާލު އުފެއްދި އެވެ.

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ… އިސްލާމް ދީނަށާ، އަދި އެހެންމެ އިސްލާމީ ކަންތައްތަކަށް… އެމްޑީޕީގެ ސަރުކާރުން އިހުމާލުވެ..

ހީނާ ވިދާޅުވީ ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި އިސްލާމް ދީނަށް އިހާނެތިކޮށް ހިތުމުގެ އެތައް މައްސަލައެއް ފެންމަތިވިއިރު ސަރުކާރެއްގެ ހައިސިއްޔަތުން އެކަން ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް ކުރި މަސައްކަތެއް ވެސް ނެތްކަމަށެވެ. އެކަން ބަލައި ތަހުގީގު ކުރުމަށް ގޮވާލައި ޕީޕީއެމް/ޕީއެންސީ މަޖިލީހަށް މައްސަލަ ވެއްދުމުން އެ ބޭރު ކުރަނީ ވެސް މެޖޯރިޓީ އޮތް އެމްޑީޕީންކަމަށް ހީނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މެދުގައި އެތައް ކަންބޮޑުވުމެއް އޮތް އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގައި ވެސް ތަކުރާރުކޮށް ކޮމިޓީތަކަށް މައްސަލަ ވެއްދުމުން ވެސް އެކަން އޮއްބާލަން މަސައްކަތް ކުރީ އެމްޑީޕީކަމަށެވެ.

މި ހުރިހާކަމަކަށް ބަލައި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ވާނެ ގޮތް ސާފުކޮށް ފެންނަން އެބައޮތްކަމަށް ހީނާ ވަނީ ވިދާޅުވެފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ހީނާ ފާހަގަކުރެއްވީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ނެރެވުނު ނަތީޖާއެއް ނެތްކަމަށެވެ. އެހެންވެ އޭނާ ގޮވާލީ އަންނަ އާދީއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: