ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަންކޮށް ގޭގައި ވެސް އޮވެވުނީސް، މަސައްކަތަށް ނިކުތީ ގައުމު ދާ މިސްރާބަށް ކެތް ނުކުރެވިގެން: ސޯލިހު

އެމްޑީޕީގެ އެޑްވައިޒަރ އިބްރާހިމް މުހައްމަދު ސޯލިހް --- ފޮޓޯ: އެމްޑިޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މައިދާނަށް ނިކުމެ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރަން ޖެހުނީ ގައުމު ދާ މިސްރާބަށް ބަލައި ކެތް ނުކުރެވިގެންކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހަބަށް ފަސް ދުވަހަށް ވެފައިވާއިރު، ކެމްޕެއިނަށް އެމްޑީޕީގެ ލީޑާޝިޕާއި އެކު ރައީސް ސޯލިހު މިވަގުތު ހުންނެވީ އަތޮޅުތެރޭގަ އެވެ. އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުން އާދީއްތަ ދުވަހުގެ އިންތިހާބުގައި ރައްޔިތުން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދޭން ޖެހޭ ސަބަބަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށެވެ.

އެމްޑީޕީގެ ޓިކެޓުގައި ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ ޖީހާން މަހުމޫދުގެ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ މި ރާއްޖެ ހަމަމަގުން ނެޓިއްގެން ދިޔަ ކޮންމެ ފަހަރަކު ވެސް ދިވެހި ރައްޔިތުންގެ ހައްގުގައި ނިކުތް ޕާޓީއަކީ އެއީކަމަށެވެ.

ރާއްޖޭގައި ވެރިކަން ފަސް އަހަރު ކުރެވިފައި ހުރުމާއި އެކު ރައްޔިތުންގެ އިހުސާސްތައް ގާތުން އެމަނިކުފާނަށް ފެނިފައިވާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ދައުރު ނިންމާލައި އަރާމު ކުރަން ގޭގައި ހުންނަވަން ބޭނުން ނުވި ސަބަބަކީ އެއީކަމަށެވެ. އައު ސަރުކާރާއި އެކު ރާއްޖެ ދަނީ ރަނގަޅު މިސްރާބަކަށް ނޫންކަމަށާއި، މަޖިލިސް އިންތިހާބުގެ އަޣުލަބިއްޔަތު ސަރުކާރަށް ލިބުން ވެގެން ދާނީ ދިވެހި ރައްޔިތުން ހީވެސް ނުކުރާހާ އަނދިރި ދުވަސްތަކެއް ދެކެން ދެހިދާނެ ސަބަބަކަށްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަޅުގަނޑަށް ވަރަށް ފަސޭހައިން ގޭގައި ހުރެވުނީސް.. އާއިލާއާއި އެކު އަރާމުކޮށަލަން އޮވެވުނީސް.. އެހެން ނަމަވެސް ރާއްޖޭގައި ވެރިކަން ފަސް އަހަރު ކުރި މީހެއްގެ ހައިސިއްޔަތުން މި ރާއްޖެ މި ދާ މިސްރާބު.. ކަންކަން ވަމުން މިދާ ގޮތް.. އިހުސާސް ކުރެވޭތީ މީގައި ކަންތައްތަކެއް ކުރަން ޖެހިއްޖެކަން.. އަޅުގަނޑަށް އިހުސާސް ކުރެވޭ.. އެހެން އެއްވެސް ސަބަބެއް ނެތް މި ކެމްޕެއިނުގައި އަޅުގަނޑު މިހާ ބުރަކޮށް މަސައްކަތް ކުރަން ޖެހޭ.. އަޅުގަނޑުމެން ވިސްނުމެއް ނެތި މި އިންތިހާބުގައި ވޯޓުގެ ނަތީޖާ ފުރޮޅިގެން ދާގޮތަކަށް، އަޅުގަނޑުމެން ހީވެސް ނުކުރާހާ ދައްޗާ އުނދަގޫ ކުރިމަތިވެދާނެ..

ރައީސް ސޯލިހު ވިދާޅުވީ މިއީ ސަރުކާރު ޒިންމާދާރު ކުރުވުމަށް މަސައްކަތް ކުރަންވީ ވަގުތުކަމަށެވެ. އަދި ފަހަތަށް ޖެހި ފޯކަސް ގެއްލުވާލުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ މަސައްކަތް ކާމިޔާބު ކުރެވޭނެކަމަށާއި، ރައްޔިތުންނަށް ހިދުމަތް ނިޔަތުގައި އެމްޑީޕީން ސިޔާސީ މައިދާނަށް ނިކުނަން ޖެހުނީ އެންމެ އަސަސީ ކަންކަމުން ފެށިގެން އައިސް ހުރިހާކަމެއް ރައްޔިތުންނަށް ފުރިހަމަކޮށްދިނުމުގެ ބޭނުމުގައިކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

މި ސަރުކާރުގެ ތެރޭގައި މިހާރު އޮތީ ބާރުތަށް މުށުތެރެއަށްލައި ރައްޔިތުންނަށް ބިރު ދެއްކުމުގެ ސަގާފަތެއްކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ރައްޔިތުން ތިބީ ވެރިކަން ބަދަލު ކުރެވުނީތީ އެކަން ރަނގަޅު ކުރަން ބޭނުންވެފައިކަމަށާއި، އެ މަސައްކަތް ފެށޭ ހިސާބަކީ ރައްޔިތުންގެ މަޖިލިސް ކާމިޔާބު ކުރުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 63%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: