ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުއާއަކީ މާދަމާގެ އިސްތިއުނާފު ހުކުމުން ރައީސް ޔާމީން މިނިވަން ވުން: ރައީސް

ރިޔާސީ އިންތިހާބަށް ފަހު ރައީސް ޔާމީން ގެއަށް ބަދަލު ކުރި ދުވަހު އެމަނިކުފާނާއި އެކު ރައީސް މުއިއްޒު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓުގައި ތާވަލުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހުކުމުގެ އިސްތިއުނާފުގައި އެމަނިކުފާނު މިނިވަންވާނެކަމުގެ އުންމީދު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މަޑުޖެހިފައި އޮތް ރައީސް ޔާމީންގެ ހުކުމުގެ އިސްތިއުނާފާއި މެދު ގޮތެއް ނިންމުން މާދަމާގެ މެންދުރު 13:00 އަށް ވަނީ ތާވަލުކޮށްފަ އެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް މިރޭ އޮތް ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް އިންސާފުވެރިކަމާއި އެކު ކުރިޔަށް ގެންދަން އަބަދުވެސް ޝަރުއީ ދާއިރާއަށް ގޮވާލެއްވިކަމަށެވެ. އަދި އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި އެންމެ ފުރަތަމަ އޮތް ބައްދަލުވުމުގައި ވެސް އެމްޑީޕީއަށް ގޮވާލީ ރައީސް ޔާމީން މިނިވަން ކުރުމަށްކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެއާއި އެއްގޮތަށް ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރި ނަމަވެސް އެމްޑީޕީން މިހާރު ވެސް ދަނީ ޝަރުއީ ދާއިރާގެ ތެރެއަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންކަމަށް ރައީސް ތުހުމަތު ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ޖޭއެސްސީގެ ރައީސްގެ މަގާމު ހިމެނޭހެން އެ ކޮމިޝަނުގައި ތިބީ އެމްޑީޕީގެ މެމްބަރުންކަމަށާއި، މަސައްކަތް ކުރަނީ އެބޭފުޅުން ބޭނުންވާ ގޮތަކަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، މި މައްސަލައިގައި މާބޮޑަށް ކަންބޮޑުވާކަމަށް ދައްކައި ޖޭއެސްސީއަށް މައްސަލަ ވެއްދި ނަމަވެސް އެއީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއްކަމަށް ރައީސް ސިފަ ކުރެއްވި އެވެ. އަދި ފަސް އަހަރު ވެގެން އައިސް މިއަދާއި ހަމައަށް އެކަން އޭރު އެބޭފުޅުން ނުކުރެއްވި ސަބަބާއި މެދި އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.

އެހެން ނަމަވެސް ޖޭއެސްސީގެ ކޮންޓްރޯލް.. ޖޭއެސްސީގެ ރައީސަކީ ވެސް އެމްޑީޕީގެ ބޭފުޅެއް.. މަޖިލިސް ރައީސް ވެސް އިހަށް ދުވަހު މި މައްސަލަ ޖޭއެސްއަށް ލާނަމޭ، ބުނެފައި.. އެބޭފުޅުންގެ ކޮންޓްރޯލް އަދިވެސް އޮތް ވަރު.. މިއީ ހިތާމަ ހުރިކަމެއް…

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުން ވަނީ، ރައީސް ޔާމީން މިނިވަނެއްގެ ގޮތުގައި ގެޔަށް އެނބުރި ވަޑައިގަތުމަށް ކަމަށެވެ. އެހާ ހިސާބުން ދެން ފެންނާނީ ރާއްޖޭގައި ވެރިކަން ކުރައްވާފައި ތިބި ބޭފުޅުންތައް މިނިވަންކަމާއި އެކު އުޅޭ މަންޒަރުކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވެސް ރައީސް ވިދާޅުވީ އެމްޑީޕީގެ ނުފޫޒު އަދިވެސް ޝަރުއީ ދާއިރާގެ ތެރޭގައި އެބައޮތްކަމަށެވެ. ސިޔާސީ ވާދަވެރިކަމެއްގެ ތެރެއިން، މީހުން ހިފާ ހައްޔަރު ކުރުމުގެ ސަގާފަތް ނައްތާލަން ޖެހޭކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ބަދަލު ހިފުމުގެ ރޫހެއް ނޯންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: