ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުމުގައި ފާހަގަކުރީ ދަށު ކޯޓުގެ ފަނޑިޔާރުގެ ގޯސްތައް؛ ޔޫސުފް ނައީމްގެ މައްސަލަ އަލުން ބަލަން ހުކުމްކޮށްފި

އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތު ދިން ކަމަށް ބުނެ ދައުލަތުން ދައުވާ ކުރި ޔޫސުފް ނައީމްގެ މައްޗަށް ކުށް ދަށު ކޯޓުން ކުރި ހުކުމުގައި ހުރި ގިނަ ގޯސްތައް ފާހަގަކޮށް މައްސަލަ އަލުން ބަލަން ހައި ކޯޓުގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުންތަކުގައި ޔޫސުފް ނައީމްގެ ވަކީލު، ހަމްޒާ ލަތީގް ވަނީ އައު ހެކި ހުށަހެޅުމާއި ހެކި ހާމަކުރުމާއި ހެކި ބަލައިގަތމުގައި ކްރިމިނަލް ކޯޓުން އަމަލު ކުރި ގޮތް އިސްތިއުނާފު ނުކުތާތަކުގެ ގޮތުގައި ހުށަހަޅުއްވާފަ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވާފައި ވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ. ޖުމްލަ 14 އިސްތިއުނާފީ ނުކުތާތަކެއްގެ މައްޗަށް ހުށަހެޅި މި މައްސަލައިގައި މިއަދު ހައިކޯޓުގެ ހުކުމް އިއްވާފައި ވަނީ އަޑުއެހުން މަޑުޖެހިފައި އޮންނަތާ ހަތަރު މަސް ދުވަސް ފަހުންނެވެ. ގޮތެއް

މައްސަލައިގެ ހުކުމުގައި ވަނީ ކޮންމެ މީހަކަށް ވެސް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުން ގާނޫނުއަސާސީން ކަށަވަރުކޮށްދޭކަމަށެވެ. އަދި އެ ހައްގު ނުހައްގުން ނިގުޅައިގެނެގެން ނުވާނެކަމަށާއި، އައު ހެއްކަށް ފުރުސަތު ދިނުމަށް ދަށު ކޯޓުން ނިންމުމުގައި ބެލީ ކޮން ގާނޫނީ ހަމައަކަށްކަން އެނގެން ނެތްކަމަށް ހުކުމުގައި ވެއެވެ. އަދި ހުށަހަޅާފައި ހުރި ހެކިތަކަށް، ޑިސްކްރެޑިޓް ކުރުމަށް ފަހު އެހެން ހެކިތަކަށް ފުރުސަތު ދޭން ވީ ސަބަބެއް ނެތްކަމަށް ވެސް ހުކުމުގައި ވެއެވެ.

ހައިކޯޓުގެ ހުކުމުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ، މި މައްސަލައިގައި ގޮތެއް ނިންމުމުގައި ދަށު ކޯޓުގެ ފަނޑިޔާރުން ހަދާފައިވާ ގޯސްތަކެވެ. ފަނޑިޔާރުންގެ މަސްލަހަތަކަށް ވާން ޖެހޭނީ ދެ ފަރާތަށް ވެސް ހަމަހަމަ ގޮތެއްގައި ފުރުސަތު ދިނުން ނަމަވެސް އެގޮތަށް އަމަލު ކުރެވިފައިވާކަމަށް ބެލެވެން ނެތްކަމަށް ހުކުމުގައި ވެއެވެ. އިންސާފުވެރި ނިންމުމަކަށް ވާސިލުވުމުގައި ފަނޑިޔާރު ރިއާޔަތް ކުރަން ޖެހޭނީ ހަމައެކަނި ދައުވާ ހުށަހެޅި ފަރާތަށް އެކަނި ނޫންކަމަށާއި މައްސަލައިގައި ރަނގަޅު ވަގުތީ ދިރާސާ ކުރުމަށްޓަކައި ވަކީލުންގެ ބައްދަލުވުންތައް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ވެސް ދޭން ޖެހޭކަމަށް ހުކުމުގައި ވެއެވެ.

އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި މައްސަލައިގެ ހަސްމަކަށް ފުރުސަތު ނުދިނުމަކީ، އަދަލު ހުރި ގޮތެއް ނޫންކަމަށާއި އެއީ އިހުސާންތެރިކަމާއި ބީރަށްޓެހި ނާތަހުޒީބީ އަމަލުތަކެއްކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ ހުކުމުގައި ވަނީ ބުނެފަ އެވެ.

ޔޫސުފް ނައީމްގެ މައްޗަށް އަދަބު ކަނޑައެޅުމުގައި ގާނޫނީ ހަމަތަކަށް ރިއާޔަތް ނުކުރާކަމަށް، އޭނާގެ ފަރާތުން ވެސް ބުނެފައިވާއިރު ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ގޮތް ބެލިއިރު އަދަބާއި ގުޅޭގޮތުން ފެންނަން އޮތީ ދެ ފަރާތުން ދެއްކި ވާހަކަތަކުގެ ދެ ޕެރަގްރާފްކަމަށް ހުކުމުގައި ވެއެވެ.

ޝަރީއަތް ކުރިޔަށް ދިޔައިރު، ޔޫސުފް ނައީމު ސާފު ކުރަން ބޭނުން ވާ ގިނަ ސުވާލުތަކެއް ހުށަހެޅި ނަމަވެސް އޭގެއިން އެއްވެސް ކަމަކަށް ޖަވާބު ލިބިފައި ނެތްކަމަށް ހުކުމުގައި ވެއެވެ. އޭގެ ތެރޭގައި ޖަލު އަދަބުގެ ބަދަލުގައި، އެއަށް ވުރެ ލުއި އަދަބެއް ދިނުމަށް ހުށަހެޅި ހުށަހެޅުމަށް އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައި ނެތުން ހިމެނެ އެވެ. ޖަލު އަދަބުގެ ބަދަލުގައި އެހެން އަދަބަކަށް ހުށަހަޅައި މިއީ ހަމައެކަނި ދެވެން އޮތް އަދަބު ނޫންކަން ގާނޫނުލްއުގޫބާތުން އެނގެން އެބައޮތްކަމަށް އޭނާގެ ފަރާތުން ހުށަހަޅާފައިވާކަމަށް ހުކުމުގައި ވެއެވެ. އެކަމަކު ދަށު ކޯޓުން އެކަމަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކުރާއިރު، އެއީ ކޮން ގާނޫނީ ހަމައައެއްގެ މަތީން ވާސިލުވި ނިންމުމެއްކަން އެނގެން ނެތްކަމަށް ހުކުމުގައި ވެއެވެ.

ކުށުގެ އުންސުރު ފާހަގަކޮށް ހުކުމުގައި ބުނެފައި ވަނީ ދައުލަތުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތު އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރުމަށް ޔޫސުފް ނައީމް ރިޝްވަތު ދިންކަމަށް ބުނާ ކުށުގެ އުންސުރުތަަކަކީ ކޮބައިކަން ޔޫސުފް ނައީމް އުފެއްދި ސުވާލަށް ލިބުނު ޖަވާބެއް ނެތްކަމަށެވެ. އަދި ރިޝްވަތު ހިފުމުގެ ތުހުމަޔުގެ އޮފިޝަލް އެކްޓަކީ ކޮބައިކަމާއި، އޭގެ ތަފްސީލުތައް ހުކުމް ރިޕޯޓުގައި ނެތްކަމަށެވެ. ހުކުމުގައި ވަނީ މިއީ ގާނޫނީ މަރުހަލާގެ ނަޒާހަތްތެރިކަން ގެއްލިގެން ދާ ސަބަބެއްކަމަށާއި، މިއީ އިންސާފަށް ވާސިލުވުމަށް އެޅިގެން ދިޔަ ހުރަހެއް ކަމަށެވެ.

މައްސަލައިގައި ފަހުން ހުށަހެޅި ހެކިތައް ހުކުމުގައި ސިފަކޮށްފައި ވަނީ ސަޕްރައިޒް އެވިޑެންސް ނުވަތަ ސަޕްރައިޒް ހެކިތަކުގެ ގިތުގަ އެވެ. އެއީ ގޯސްކޮށް ހިނގިކަމެއްކަން ފާހަގަކޮށް ހުކުމުގައި ވަނީ އައު ހެކިތައް ދަށު ކޯޓުން ބަލައިގަތުމުގައި އަމަލު ކުރީ އެއްވެސް ގުޅުން ނެތް އިޖުރާއަތުތަކެއްގެ މައްޗަށް ކަމަށެވެ. އެ ހެކިތައް އިއުތިރާޒު ކުރުމަށް ނުވަތަ ނަފީ ކުރުމަށް ދިފާއަށް ފުރުސަތު ނުދިނުމަކީ ބޭއިންސާފެއްކަމަށް ހުކުމުގައި ވެއެވެ. އަދި މިއީ މައްސަލައިގައި ހިމެނޭ ހަސްމުންގެ ހައްގަކަށް އަރައިގަތުންކަމަށް ހުކުމުގައި ވެއެވެ.

ހުކުމުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ދަށު ކޯޓުގައި ޔޫސުފް ނައީމާއި ރައީސް ޔާމީނަށް ވާހަކަ ދެއްކުމަށް އެކަށީގެންވާ ފުރުސަތު ދީގައި ނެތުމެވެ. އެއްވެސް ހަސްމެއްގެ ހައްގަކަށް އުނިކަން އަންނަ ގޮތަކަށް ފަނޑިޔާރުންގެ އަމަލުތައް ހުރުމަކީ، ބޭއިންސާފަށް ހުޅުވޭ ދޮރެއްކަމަށް ހުކުމުގައި ވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: