ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް މެޖޯރިޓީ ދީގެން ދާން ޖެހޭނީ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށް: ސޯލިހު

ރައީސް ސާލިހު އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތެއްގައި. ފޮޓޯ: ކެމްޕެއިން ޓީމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތާއީދުނުކުރާ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ މީހުންނަށް މިއަދު ރާއްޖޭގައި ޖާގައެއް ނެތްކަމަށް ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ނޮޅިވަރަމް ދާއިރާގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ބޮޑުތިލަދުންމަތީގެ ރަށްތަކަކީ މުސްތަގުބަލު އޮތް ރަށްތަކެއްކަމަށެވެ. އެހެންނަމަވެސް އަޅާނުލެވި ދޫކޮށްލާފައި އޮތުމުގެ ސަބަބުން ތަރައްގީވާންވީ މިންގަނަޑަށް ވެފައިނުވާކަމަށް ހިއްސާކުރެއްވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، އެކަން އެގޮތަށް ވެގެންދިޔައީ ގަސްތުގައި ކުރީގެ ސަރުކާރުތަކުން އެފަދަ ސިޔާސަތުތަކެއް ތަންފީޒުކޮށްފައިވާތީކަމަށާއި އެކަމުގެ ބޭނުމަކީ ރައްޔިތުން އަޅުވެތިކަމުގައި ބޭތިއްބުންކަމަށްވެސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެކަމުގެ ބޭނުމަކީ އާދޭސްކުރުވުމާއި މިނިވަންކަން ނުދީ ހިފެހެއްޓުންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތުތައް ވަރަށް ތަފާތުކަމަށާއި ވޭތުވެދިޔަ ފަސް އަހަރުގެ ވެރިކަމުގެ ދައުރުގެ ކަންކަމަށް ބެލުމުންވެސް އެކަން ސާފުވާނެކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީއިންވަނީ މުޅި ރާއްޖެ ތަރައްގީކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިކަމަށާއި ސިޔާސީ ގޮތުން ހިޔާލު ތަފާތުވުމަކީ އެމްޑީޕީއަށް މައްސަަލައެއް ނޫންކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި އެކަމަށް ޖާގަ ދީފައިވާނެކަމަށާއި އެ ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީކަމަށް ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވީ، ޑިމޮކްރެސީގެ ސިފަތައް އަށަގަންނުވައި ރާއްޖޭގައި ހުރިހާ ފިކުރެއްގެ މީހުންނަށް ހަމަޖެހިލައިގެން ވަޒީފާ އަދާކޮށް މަސައްކަތްކުރުމަށާއި ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުމަކީ އެމްޑީޕީގެ ސިޔާސަތެއްކަމަށްވެސް ހިއްސާކުރެއްވިއެވެ.

އެހެންނަމަވެސް މިއަދު އަނެއްކާވެސް މުޅިން އެހެން މަންޒަރެއް ފެންނަމުންދާކަމަށާއި ސަރުކާރާއި އެއްކޮޅަށް ނެތް ސަރުކާރަށް ތާއީދުނުކުރާ ނުވަތަ ސިޔާސަތުތަކަށް ފާޑުކިޔާ މީހުންނަށް މިއަދު ޖާގައެއް ނެތްކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ބިރުވެރިކަމުގެ ތެރެއަށް އަނެއްކާވެސް ރާއްޖެ ވެއްޓިފައިވާކަމަށާއި ސަރުކާރުގެ ކުންފުންޏެއްގައި ވަޒީފާ އަދާ ކުރާ ފަރާތްތަކަށްވެސް އެހެން ވިސްނުމެއް ގެންގުޅުމަށް ޖާގައެއް ނެތްކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެއީ ވެގެންދިއުމަށް ޖާގަ ދީގެންވާނެ ކަންކަން ނޫންކަމަށާއި ރައްޔިތުންގެ މަޖިލީސް ނަގަންޖެހެނީ އެ ސަބަބުތަކާއި ގުޅިގެންކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިއްޖެ ހާލަތެއްގައި ދިވެހިންނަށް ކުރިމަތިލާންޖެހޭނީ ބިރުވެރި ނާމާން ދުވަސްތަކަކާއި ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: