ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ސަރުކާރުގެ އެއްބަސްވުންތައް އަދިވެސް ދިރާސާކުރެވިފައިނުވާތީ ޝާހިދުގެ ފާޑު ކިޔުން!

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ: ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ފޮރިން މިނިސްޓަރު ޝާހިދު ވާހަކަ ދައްކަވަނީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ރާއްޖެއަށް ގެއްލުންވާފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިނުވާނެކަމަށް އެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އޭރު އިދިކޮޅުގައި، މިހާރު ވެރިކަމުގައި އޮތް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވަނީ އެމްޑީޕީގެ ސަރުކާރަށް އިންޑިއާއާއި ގުޅުވައި ވަރަށް ބޮޑެތި ތުހުމަތުތަކެއްކޮށްފައެވެ. ހާރިޖީ ސިޔާސަތުތަކުގެ ދަށުން، އެމްޑީޕީގެ ސަރުކާރުން އަބަދުވެސް އިސްކަން ދެމުން ދަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށްކަމަށާއި، އިންޑިއާއަކީ އެންމެ ގާތް ގައުމުކަމަށް ފާހަގަކޮށް ރައީސް ސާލިހު ދައްކަވާ ވާހަކަތަކަށް އަބަދުވެސް ޕީޕީއެމް/ޕީއެންސީއިން ނުރުހުން އަމާޒު ކުރެއެވެ.

ރިޔާސީ ކެމްޕެއިންގައި މިހާރުގެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ގައުމުގެ މިނިވަންކަމާއި ގުޅޭ ގޮތުން ވަރަށް ބައިވަރު ވާހަކަތައް ދައްކަވާފައެވެ. ރާއްޖޭގައި އިންޑީއާގެ ސިފައިން ގައުމުގެ ސަލާމަތަށް ނުރައްކާވާ ގޮތަށް އެބަތިބިކަމަށް ވިދާޅުވެމ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖެއިން އިންޑިއާ ސިފައިން ބޭލުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ. އަދި އިންޑިއާއިއެކު ވެފައިވާ އެއްބަސްވުންތައް ބަލާ ދިރާސާކުރާނެކަމަށް ވިދާޅުވިއެވެ.

މިކަން ދޮގު ކުރައްވާ ވާހަކަދައްކަވަމުން ރޭ ބޭއްވި ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ އޭރު ދެއްކި ވާހަކަތަކުގެ ހަގީގަތް މިހާރު ވެރިކަން ލިބުމުން ހާމަކޮށްފައިނުވާކަމަށެވެ. އެއީ ރައްޔިތރުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް ދެއްކި ވާހަކައެއްކަމަށް ޝާހިދު ވިދާޅުވިއެވެ. އެ އެއްބަސްވުންތައް ދިރާސާ ކުރައްވާނެކަމަށް ވިދާޅުވެފައިވާތީ، ޝާހިދު ވަނީ އެ މަސައްކަތުގެ ސްޕީޑަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ސަރުކާރަށް މިވީ 55 ދުވަސް ތެރޭގައި ދުވާލަކު ދެ އެއްބަސްވުން ދިރާސާ ކުރި ނަމަވެސް، މިހާރު އެ މަސައްކަތް ނިމޭނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ނޯންނާނެއޭ، މި ދިވެހިރާއްޖޭގެ އެންމެ ވެލިފުކަކަށްވެސް، އެންމެ ވެލިފުކަކަށްވެސް ގެއްލުން ލިބިދާފަދަ އެގްރީމެންޓެއް އެމްޑީޕީގެ ސަރުކާރުގައި.

ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުގައި އިންޑިއާއިއެކު 100 އެއްބަސްވުން އެކުލަވާލާފައިވާކަމަށް ވިދާޅުވީ ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: