ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލު ހުކުމްތައް ބާތިލުކޮށް ރައީސް ޔާމީން އެއްކޮށް މިނިވަން

ކުރީގެ ރައީސް ޔާމީން ޖަލުން ގޭ ބަންދަށް ބަދަލުކުރުމުން މަރުހަބާ ކިޔަން އެއްވި އެތައް ސަތޭކަ ބަޔަކަށް އިޝާރާތް ކުރައްވައި ސަލާން ކުރައްވަނީ/ ފޮޓޯ - މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް މިރޭ ހައިކޯޓުން ބާތިލުކޮށްފިއެވެ.

މިއަދުގެ 13:15 ގައި ހައިކޯޓުގައި ފެށި ހައިކޯޓުގެ ހުކުމް އިއްވުމުގެ މަޖިލީހުގައި ފަނޑިޔާރުން އެންމެ ބޮޑަށް ފާހަގަކުރެއްވީ ދަށު ކޯޓުގައި މައްސަލަ ބެއްްލެވި ފަނޑިޔާރު ހައްދަވާފައިވާ ގޯސްތަކެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ މަނީ ލޯންޑްރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތުގެ ފައިސާ ލޯންޑާރ ކުރެއްވިކަމުގެ ތުހުމަތާއި ގުޅުވައިކަމަށްވުމާއި އެކު އެ މައްސަލައިގެ ހުކުމް ބާތިލު ކުރުމުން މަނީ ލޯންޑްރިންގެ ކުށުުގެ އުންސުރު ނެތިގެން ދާކަމަށެވެ.

ހުކުމުގައި ވަނީ މައްސަލައިގައި ފަނޑިޔާރު އަމަލު ކުރެއްވި ގޮތުގެ ސަބަބުން، ރައީސް ޔާމީނަށް ދިފާއަށް ލިބެން ޖެހޭ އެތައް ފުރުސަތުތައް ގެއްލި ހައްގުތައް ނިގުޅައިގަނެވިފައިވާކަމަށެވެ. ހުކުމުގައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާއިން، ފައިސާ ލިބިވަޑައިގެންނެވިކަމަށް މާލީ ބަޔާނުގައި އޮތް އޮތުން އެއީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއްކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ ވެސް ގޯސްކޮށްކަމަށް ހުކުމުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: