ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ނުލިބިގެން ލޮލަށް ނިދި ނައިސްގެން ނޫޅެން، ނުނިދެނީ އިންޑިއާގެ ސިފައިން އަދިވެސް ތިބީތީ: ޔާމީން

ކުރީގެ ރައީސް ޔާމީން, މިއަދު އެމަނިކުފާނު ވަނީ 11 އަހަރުގެ ޖަލު ހުކުމުން މިނިވަންވެފަ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ގޮތުން ނުރުހުންވެ އެ ވާހަކަތައް ތަކުރާރުކޮށް ދައްކަވަނީ ވެރިކަމުގެ ބޭނުމުގައިކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ރައްދު ދެއްވައިފި އެވެ.

ކޮންގްރެސް ކޯލިޝަން ދެމެދު ޖެހުނު މައްސަލަތަކަށް ފަހު، ޕީއެންއެފްގެ ނަމުގައި އައު ޕާޓީއެއް އުފައްދަވައި ރައީސް ޔާމީން މިހާރު މަސައްކަތް ކުރައްވަނީ ސަރުކާރާ ވަކީންނެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް އެކި ޖަލްސާތަކުގައި ފާޑުވިދާޅުވެ، އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލަން އުޅުއްވިކަމުގެ ތުހުމަތު ކުރެއްވި އެވެ. އެގޮތުން ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި އިންތިހާބީ މައްސަލައިގައި، އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަށް ތާއީދުކޮށް ހުކުމް އައުމުން ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރުމަށް ގޮވާލީ ސަބަބުތަކެއް އޮވެގެންކަމަށް ވިދާޅުވެފަ އެވެ. މިރޭ މިނިވަންވުމަށް ފަހު ވެސް އެމަނިކުފާނު ހަމަ އެ ވާހަކަތަައް ތަކުރާރު ކުރެއްވި އެވެ.

ދަށު ކޯޓުން ހެއްދެވި ގޯސްތަކެއްގެ ސަބަބުން ރައީސް ޔާމީންގެ ހައްގުތަކެއް ގެއްލިގެން ދިޔައިރު މިރޭ ނޫސްވެރިން އެކަމާ ސުވާލު ކުރި އެވެ. ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު މަޖުބޫރުވެގެން ސިޔާސީ ގޮތުން ވާހަކަތައް ދައްކަން ޖެހުނީ އެއްގޮތަކަށް ވެސް ވެރިކަމާއި ހެދި ނޫން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ވެރިކަން ނުލިބުން އެއީ އެކަމާ މާ ކަންބޮޑުވެ، ރޭގަނޑުގެ ނުދި ނުލިބިގެން އުޅެން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު މިއަދު ވެސް އެންމެ ކަންބޮޑުވަނީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމުން ކަމަށެވެ. އަދި އެ އޮފިސަރުން ފޮނުވާލަން އެކަށީގެންވާ މަސައްކަތެއް ކުރާތަން ނުފެނުން އެއީ ނިދި ނުލިބޭ ސަބަބެއްކަމަށް ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ ދިވެހިންގެ ގެއްލުނު ކަނޑުގެ ސަރަހައްދު ނުލިބި، އެގޮތުގައި އޮންނަން ޖެހޭނެކަމަށް އެމަނިކުފާނު ގަބޫލު ނުކުރައްވާ ކަމަށެވެ.

ނުނިދިގެން ލޯނުމެރިގެން އުޅޭ ވަރު ކަމެއް ނޫން ރައީސްކަން ނުލިބުމަކީ. އެކަމަކު އަޅުގަނޑަށް ނުނިދޭ ކަންކަން އެބަހުރި. އެއީ އަޅުގަނޑު ގަބޫލެއް ނުކުރާނަން ރާއްޖޭގައި އިންޑިއާ ސިފައިން ދާއިމީ ގޮތަކަށް މަރުކަޒު ހަދައިގެން ތިބެންވާނެ ކަމަކަށް… އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދުން ދެކުނުން ގެއްލުވާލި ބައި، އަޅުގަނޑުމެންނަށް ނުލިބި ގެއްލިފަ އޮންނަން ވާނޭ ކަމަކަށް

ރައީސް ޔާމީން މިރޭ ވިދާޅުވީ އެމަނިކުފާނުގެ ޕާޓީއެއީ ސިޔާސީ ހާޖާނުތަކަށް ވަންނާނެ ޕާޓީއެއްކަމަށް ބައެއް ބޭފުޅުންނަށް ހީކުރެވުނު ނަމަވެސް ކަން އޮތް ގޮތަކީ އެއީ ނޫން ކަމަށެވެ. އަދި އެއްވެސް އަސާސެއް ނެތް ސަބަބުތަކެއްގެ މައްޗަށް ރައީސް އަޒުލު ކުރަން އުޅުން އެއީ އެމަނިކުފާނު ތާއީދު ކުރާނެކަމެއް ނޫންކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ރައްޔިތުން ގަބޫލު ކުރާ ހަމަތަކެއްގެ މަތިން ކުރާ ކޮންމެ މަސައްތަކަށް އެއްބާރުލުން ލިބޭނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: