ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕަ މެޖޯރިޓީގައި އެމްޑީޕީއަށް ކުރެވުނުކަމެއް ނެތް، ސަރުކާރު ގުޑުވާލަން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ: ސިއްދީގު

ހޯމް މިނިސްޓްރީގެ ސްޓޭޓް އަހުމަދު ސިއްދީގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި އެކު ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިގެން އެމްޑީޕީއަށް ރައްޔިތުންނަށް ދެވުނު އެއްވެސް ހިދުމަތެއް މި ފަސް އަހަރުގެ ތެރޭގައި ނެތްކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް އަހުމަދު ސިއްދީގު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ދެ ދުވަހަށްވެފައިވާއިރު ސަރުކާރުން ބޭނުން ވަނީ ތިންބައިކުޅަ ދެ ބައި ގޮނޑި ކާމިޔާބު ކުރުމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ދީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ އެންމެ ބޮޑު އެހީތެރިިއާއަކީ މަޖިލިސް މެމްބަރުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.

ސަންގުޓީވީގެ 20 ވަނަ މަޖިލިސް ގޮނޑި ކަވަރޭޖުގައި ސިއްދީގު ވިދާޅުވީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުން ވަނީ ވައުދުތައް ފުއްދައި ސިޔާސަތުތައް ތަންފީޒު ކުރުމަށް ކަމަށެވެ. ރައްޔިތުން ބޭނުން ވަނީ ބާރު ސްޕީޑުގެ ތަރައްގީކަމަށްވުމާއި އެކު، ރައީސް މުއިއްޒު ބޭނުން ވަނީ އެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭންކަމަށް ސިއްދީގު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރެއްވި ދަތުރުތަކުން އެންމެ ބޮޑަށް ފެނިގެން ދިޔައީ ރަށްތަކަށްވެފައިވާ އިހުމާލުކަށްވުމާއި އެކު ސަރުކާރުން އެކަން ބަދަލު ކުރަން ބޭނުންވާކަމަށް ސިއްދީގު ވިދާޅުވި އެވެ. އަދި އެކަން ކުރެވެން އޮތީ ރައްޔިތުންގެ މަޖިލިސް ލިބިގެންކަމަށާއި މިދިޔަ ފަސް މަސް ދުވަހުގެ މަޖިލިސް ތަޖުރިބާ ފަސް އަހަރަށް ދިގު ދެމިގެން ދާން ބޭނުން ނުވާކަން އޭނާ ފާހަގަކުރި އެވެ.

ސިއްދީގު ވިދާޅުވީ މިހާރު ވެސް މަޖިލީހުގައި އޮތީ އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއްކަމަށާއި އެކަމަކު ރައްޔިތުންނަށް އެ ޕާޓީއަށް ހާސިލުކޮށް ދެވުނު އެއްވެސް ކަމެއް ފެންނާން ނެތްކަމަށެވެ. އޭގެ ބަދަލުގައި އަބަދުވެސް މަސައްކަތް ކުރީ އަމިއްލަ އެޖެންޑާއެއްގެ ތެރެއިން ޖެއްސުންކޮށް އުނދަގޫ ކުރުމަށްކަމަށް ސިއްދީގު ވަނީ ވިދާޅުވެފަ އެވެ. އޭގެ ނަތީޖާއަކީ އެމްޑީޕީގެ ސަޕޯޓުގައި ކޮންމެކަމެއް ކުރަން ވެސް ތައްޔާރަށް ތިބި މެމްބަރުންތަކެއް އަމިއްލަ ގައުމު އިހުތިޔާރުކޮށް ސަރުކާރާއި ގުޅުންކަމަށާއި އެމްޑީޕީއަށް ނުކުރެވުނު އެތައްކަމެއް މި ސަރުކާރަށް ކުރެވޭނެކަން އެ މެމްބަރުން ގަބޫލު ކުރާކަމަށް ސިއްދީގު ވިދާޅުވި އެވެ.

ސިއްދީގު ވިދާޅުވީ އެމްޑީޕީ ނޫން އެހެން ޕާޓީއަށް ވެރިކަން ކުރަން ބޭނުން ނުވާތީ ސަރުކާރަށް ދަތިކޮށް އަބަދުވެސް މަސައްކަތް ކުރަނީ ބަޣާވާތަކަށް ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ އެ މަސައްކަތަށް ފުރުސަތު ނުދޭން ގޮވާލައި ސިއްދީގު ވިދާޅުވީ މަޖިލިސް މެޖޯރިޓީ ސަރުކާރަށް ދޭން އެދޭ ސަބަބަކީ މިއީ ކަމަށެވެ.

އެމްޑީޕީއަށް ނުދެވުނު ހިދުމަތެއް އެހެން ބަޔަކު ދޭން އެމްޑީޕީ ބޭނުން ނުވަނީ.. ނަތީޖާއަކީ ސަރުކާރުގައި ދަތި އަޅުވައި ވައްޓާލާ.. ސަރުކާރުން ބޭނުންވާކަންކަން ހިދުމަތް ނުދެވޭނެ ގޮތަށް ގާނޫނުން ތާށި ކުރުން..

ސިއްދީގު ވިދާޅުވީ ރައީސް މުއިއްޒުގެ ހުރިހާ ވައުދުތަކެއްގައި ވެސް ކުލަ ޖެހިގެންދާނެކަމަށާއި، ރައްޔިތުންނަށް ހިދުމަތް ދޭން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ގެންނަ މަންޒަރު ފެންނާނެކަމަށެވެ. ރައީސް މުއިއްޒުގެ މައިގަނޑު އަމާޒަކީ ސިއްދީގު ވިދާޅުވި ގޮތުން ރައްޔިތުންނަށް ހިތްފަސޭހަ ހިދުމަތެއް ދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: