ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް ބޭނުން ވަނީ ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ މެމްބަރުން: އިންތި

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި)
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރެއް ހިމެނޭހެން ވަކި ޕާޓީއަކަށް ބޮޑު އަޣުލަބިއްޔަތެއް ދީގެން ނިކުތް ނަތީޖާ އޮތީ ރައްޔިތުންނަށް ސާފުކޮށް ފެންނަންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

މާދަމާ އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެ ދާއިރާއަށް އިތުރު ދައުރުތަކަށް ވާދަކުރައްވާ އިންތި އެދިވަޑައިގަތީ މަޖިލީހަށް ގާބި

ގައުމު ދާ މިސްރާބަށް ބަލާއިރު މިއަދު ފެންނާން މިއޮތީ އިންތި ވިދާޅުވި ގޮތުގައި ހިޔާނާތްތެރިންނަށް ފަހި، އަމާނާތްތެރިންނަށް ދަތި ދުވަސްތަކެކެވެ. މިއީ ސިޔާސީ ގޮތުން ބާރު އޮތް، ނުފޫޒު ގަދަ ބޭފުޅުން ވެސް ބޭނުންވާ ގޮތްކަމަށް ވާތީ އެކަމަށް ބާރުއަޅައި ދާއިރާތަކުގެ ތެރެއިން މަސައްކަތް ކުރަމުންދާކަމަށް އިންތި ވިދާޅުވި އެވެ.

އެހެން ނަމަވެސް މީ ގަބޫލުކޮށްގެން ވާނެ، އަދި ސިކުނޑިއަށް ގެނެސްގެން ވެސް ނުވާނެ ވިސްނުމަކަށް ވާތީ އޭނާ ހުރީ އެފަދަ ނިޔަތަކަށް ޖާގަ ދޭގޮތަކަށް ނޫންކަމަށް އިންތި ވިދާޅުވި އެވެ.

މިރާއްޖެއަށް މިހާރު ވަމުން މިދާގޮތް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.. ހިޔާނާތްތެރިންނަށް ފަހި.. އަމާނާތްތެރިންނަށް ދަތި.. ގައުމަކަށް ވަމުން މިދަނީ… އެގޮތަށް ބާރުއަޅަން ވެސް.. ބައެއް ސިޔާސީ ޕާޓީތަކުންނާއި.. ބައެއް ސިޔާސީ ބޭފުޅުން މަސައްކަތް ކުރާތަން.. އެކި ދާއިރާތަކުން ފެންނަމުން ދޭ.. މިއީކީއެއް އާޅުގަނޑުމެން ދުވަހަކު ވެސް ގަބޫލު ކުރާނެ ހަމައެއް ނޫން.. މިއީކީ ދުވަހަކު ވެސް އަޅުގަނޑުމެންގެ ސިކުނޑިއަށް ގެންނާނެ ވެސް ވިސްނުމެއް ނޫން..

އިންތި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާޒީން ވަކި ބަޔަކަށް މާބޮޑު ބާރަކާއި، އަޣުލަބިއްޔަތެއް ދީގެން ނިކުންނަ ނަތީޖާ ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިން ފެށިގެން، އިންސާފު ހޯދައިދޭނެކަމަށް ބުނި ގޮތް ނޭނގޭ މަރުތަކުގެ ތަހުގީގާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ވައުދަށް ވީ ކިހިނެއްތޯ އިންތި ސުވާލު އުފެއްދި އެވެ.

މިދިޔަ ސަރުކާރުގައި ފެންމަތިވި ވެންޓިލޭޓަރުގެ ހިޔަނާތް އަދި މިހާތަނަށް ވެސް ކޮޅެއްގައި ޖެހިފައި ނުވާއިރު މި ހުރިހާކަމަކީ ރައްޔިތުންނަށް ވެރިންނާއި މެދު ލިބިގެން ދިޔަ ވަރުގަދަ ފިލާވަޅެއްކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު އިންތިހާއަށް ކަންބޮޑުވާ ދަރަޖައިގައި އޮއްވައި ވެސް ދަރަނިތައް ނަގަމުން ގެންދިއުމުން ނިކުތް ނަތީޖާ ވެސް ރައްޔިތުންނަށް ފެނިގެން ގޮސްފައިވާކަމަށް އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ މި ހުރިހާކަމެއް ހިނގައިދިޔައީ ވެރިކަމުގެ ބާރާއި، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ސުޕަ މެޖޯރިޓީ ލިބިފައި އޮއްވައި ކަމަށެވެ. އަދި ވަކި ޕާޓީއަކަށް މަޖިލިސް މެޖޯރިޓީ ދިނުމަކީ ސަރުކާރު ހިމެނޭ ގޮތަށް ކުރުން ރަނގަޅުކަމެއް ނޫންކަމަށް ވިދާޅުވި އެވެ.

އަޅުގަނޑުގެ މި ތަޖުރިބާގައި ރައްޔިތުންގެ މަޖިލީހުގައި މިހޭދަ ކުރެވުނު ދުވަސްތަކުން… ތަޖުރިބާ ކުރެވުނުކަމަކީ ޕޮލިޓިކަލް ވިލްއެއް ނެތީ… އަޅުގަނޑުމެންނަށް ކަމެއް ހާސިލު ނުވެޔޭ ކިތަންމެ ބޮޑު އަޣުލަބިއްޔަތެއް ދިންކަމުގައިވީ ނަމަވެސް… އަނެއްކަމަކީ ކޮރަޕްޓުވުން.. މިދެކަން މައިގަނޑު ގޮތެއްގައި އަޅުގަނޑުގެ ތަޖުރިބާއިން ފާހަގަކުރެވުނީ…

އިންތި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ބޭނުން ވަނީ ކޮރަޕްޝަނަށް ނޫނެކޭ ބުނާ، ހިޔާނާތުގައި ދުވަހަކު ވެސް ނުޖެހޭނެ މެމްބަރުން ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: