ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގެ ދަށް ނަތީޖާއަށް އެމްޑީޕީގެ ލީޑާޝިޕްގެ އިސްތިއުފާއަށް ގޮވާލަނީ!

އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން ނިންމާލުމަށް ކުރިއަށްގެންދިޔަ ރެލީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއާއި އެކު އަނެއްކާވެސް ލީޑާޝިޕް ޒިންމާ ނަގައި އިސްތިއުފާ ދޭން ގޮވާލާ އަޑު ގަދަވެއްޖެ އެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ އެންމެ 15 ގޮނޑި އެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ނުފޫޒު ގަދަ، އަދި ޕާޓީ ތެރޭގައި ވެސް އަޑުގަދަ ބައެއް މެމްބަރުން ޕީއެންސީގެ ޒުވާން ކެންޑިޑޭޓުންނާއި ވާދަކޮށް ވަނީ ނާކާމިޔާބުވެފަ އެވެ.

އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދާއި ކުރީގެ ފިނޭންސް މިނިސްޓަރު މުހައްމަދު އަމީރު އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓްއަކަށް ހުންނެވި އަކްރަމް ކަމާލުއްދީން ފަދަ ބޭފުޅުން ވެސް އިންތިހާބުން ވީ ބައްޔެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް އަމާޒުވި އެންމެ ބޮޑު ފާޑުކިއުމަކީ، ޕާޓީގެ ބައެއް ނިންމުންތައް ގޯސްވުމާއި ރައްޔިތުން ބޭނުން ނުވާ ގޮތްގޮތަށް ޕާޓީން އަމަލުކޮށްފައިވުމެވެ. އޭރު ވެސް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވީ މަޖިލީހުގައި ތިއްބެވި ބައެއް ބޭފުޅުންތައް ސަރުކާރުގެ ދިފާއުގައި ނިކުމެ ދެއްކެވި ވާހަކަތަކަށެވެ. އަދި ރިޔާސީ އިންތިހާބުގެ ބަލީގެ ޒިންމާ ނަގަން ޖެހޭނީ އެބޭފުޅުންކަމަށް ބުނެ އިސްތިއުފާއަށް ގޮވާލާފައި ވެއެވެ.

އަނެއްކާވެސް އެ އަޑުތައް ގަދަވެފައިވާއިރު އެމްޑީޕީން ނާކާމިޔާބީއާއި ގުޅޭގޮތުން އަދި މާބޮޑު ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވީ އިންތިހާބުގެ ނަތީޖާއާއި މެދު ހިތާމަ ކުރާކަމަށެވެ. އަދި ރައްޔިތުން ވީހާވެސް ބޮޑަށް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރަންޖެހޭކަމަށް ބުންޏެވެ.

އެކަމުގެ ރައްދުގައި އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ބުނެފައި ވަނީ ޒިންމާ ނަގައި ފައްޔާޒް މަގާމުން ދުރުވާން ޖެހޭކަމަށެވެ. އަދި މިއީ އެމްޑީޕީގެ ވަރަށް ބޮޑު ވެއްޓުމެއްކަމަށާއި، މީގެ ކުރިން ވެސް ޕާޓީ އިދިކޮޅުގައި އޮތް އިރު މިހާ ދަށް ނަތީޖާއެއް މަޖިލިސް އިންތިހާބުން ލިބިފައި ނުވާކަން އާންމުން ފާހަގަކުރި އެވެ.

ރޭ އެމްޑީޕީން ނެރުނު ބަޔާނެއްގައި ޕާޓީން ބުނެފައި ވަނީ ރާއްޖޭގެ ޑިމޮކްރެޓިކް ހަމަތައް ނަގަހައްޓައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެ ޕާޓީ ދެމި އޮންނާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޒިންމާއަކީ ރައްޔިތުން ބޭނުންވާ އިމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުންކަމަށްވުމުން އެ މަސްއޫލިއްޔަތު އަދާކުރާނެކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ ރައީސްކަމާ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހަވާލުވިފަހުން ބޭއްވި ފުރަތަމަ އިންތިހާބުގައި މި ނަތީޖާ ނިކުތް އިރު ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެސް ޕާޓީގެ މެމްބަރުން އެނާއި މެދު ހުއްޓެވެ. މިހާތަނަށް ޝާހިދު ވެސް އިންތިހާބުގެ ނަތީޖާއާއި މެދު ވަކި އެއްޗެއް ވިދާޅުވެފައި ނުވެ އެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 0%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: