ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ލިބޭ ބޮޑެތި އިނާޔަތް އުވާލަން ވަކާލާތު ކުރާނަން: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ކަން ކޮށްފައިވާ ފަރާތްތަކަށް ލިބޭ ބޮޑެތި އިނާޔަތް އުވާލަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވަކާލާތުކުރާނެ ކަމަށް ބާރަށު ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެކްސް ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ކުރީގެ މެންބަރުންނާއި އަދި ވެރިކަން ކުރައްވާފައިވާ ބޭފުޅުންނާއި އަދި ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ލިބޭ ބޮޑެތި އިނާޔަތްތައް މަގާމުން ވަކިވުމަށްފަހު އުވާލުމަށް މަޖިލީހުގައި ވަކާލާތު ކުރައްވާނެ ކަމަށެވެ. ޝުޖާއު ވިދާޅުވީ މި ތިން ދާއިރާވެސް ހަމަ ހަމަ ކަމާއެކު ވުމަކީ އޭނާ ތާޢީދު ކުރިގޮތް ކަމަށެވެ.

ޝުޖާއު ވިދާޅުވީ އޭނާގެ އަޑު މަޖިލީހުގައި ނުކެނޑޭނެ ކަމަށެވެ. އަދި ހަމައެއާއެކު ރައްޔިތުން މާޔޫސްވިޔަނުދެއްވާނެ ކަމަށާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައީސް މުއިއްޒަށް އެ ދާއިރާގެ ރައްޔިތުން ކުރި ތާއީދު ތަރައްގީއަށް ބަދަލު ކޮށްދެއްވާނެ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

މަޖިލިސް މެންބަރުކަން ކުރައްވާ ބޭފުޅުންނަށް، އެކި މިންވަރަށް މާލީ އިނާޔަތް ދޭން ގާނޫނުން ލާޒިމް ކުރެއެވެ. އެގޮތުން އެއް ދައުރު ފުރިހަމަ ކުރައްވާ މެންބަރުންނަށް މުސާރައިގެ 30 ޕަސެންޓް ނުވަތަ މަހަކު 18،000ރ. ލިބެ އެވެ. ދެ ދައުރު އަދާކުރި މެމްބަރުންނަށް މުސާރައިގެ 45 ޕަސެންޓް ނުވަތަ މަހަކު 27،000ރ. ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބެއެވެ. މެންބަރުންނަށް އެ އިނާޔަތް ލިބޭނީ މަގާމުން ވަކިވުމަށް ފަހުގައި އަދި އުމުރުން 55 އަހަރުވުމަށް ފަހުގައެވެ. މީގެ އިތުރުން މަޖިލިސް މެންބަރުންނަށް ދެވޭ ހެލްތު ސްކީމްގެ ފުރުސަތުތައް ވެސް ކުރީގެ މެމްބަރުންނަށް އޮވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: