ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުންގަޑި ގާތްވެފައި ވަނިކޮށް މާލެ ސިޓީ ކައުންސިލުން މުސާރަތައް އާންމުކޮށްފި

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު (މ) ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް (ވ-2) އަދި ބައެއް ކައުންސިލަރުން -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންފޮމޭޝަން ކޮމިޝަނަރު އެންގުމާއި އެއްގޮތަށް، މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ކައުންސިލަރުންނާއި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލުތައް އެ އިދާރާގެ ވެބްސައިޓުގައި އާންމުކޮށްފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ މި މައުލޫމާތުތައް އާންމުކުރަން ސިޓީ ކައުންސިލަށް އެންގީ، މިއީ ބަޔެއްގެ ޒާތީ މައުލޫމާތު ހިމެނޭކަމަށް ބުނެ މި މައުލޫމާތު ހާމަކުރަން ސިޓީ ކައުންސިލްގެ ފަރާތުން ވަކާލާތުކުރި އެތަނުގެ އެސޯސިއޭޓް ލީގަލް ކައުންސިލް އަލީ ނަސީރު ގާސިމް ވިދާޅުވުމުންނެވެ. އަދި ވިދާޅުވީ، އަހަރީ ރިޕޯޓުގައި އެ މައުލޫމާތުތަށް އާންމުކުރާނެކަމަށެވެ. އެހެންނަމަވެސް، އިންފޮމޭޝަން ކޮމިޝަނަރު ނިންމެވީ މިއީ ކޮންމެހެން ހާމަކުރަން ޖެހޭ މައުލޫމާތެއްކަމަށެވެ.

މައުލޫމާތޫ ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މި މައުލޫމާތުތައް މި މައުލޫމާތުތައް ހޯދަން ސިޓީ ކައުންސިލަށް ހުށައެޅީ އަހުމަދު އައިމަން ލަތީފެވެ. އެހެންނަމަވެސް، ސިޓީ ކައުންސިލުން ވަނީ އެ މައުލޫމާތުތައް އޭނާއަށް ދޭން ދެކޮޅުހަދާ، އެ އިދާރާގެ ވެބްސައިޓުގައި އެ މައުލޫމާތުތައް ޝާއިއުކުރާނެކަމަށް ބުނެފައެވެ. އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް އޭނާ މައްސަލަ ހުށައެޅީ، ސިޓީ ކައުންސިލުން ބުނި ގޮތަށް އެ މައުލޫމާތު އާންމުނުކުރުމާއި ގުޅިގެންނެވެ.

ސިޓީ ކައުންސިލުން އެތަނުގައި މަސައްކަތްކުރާ ބިދޭސީންނާއި، ދިވެހިން މުވައްޒަފުންގެ މުސާރަތައް ވަކިވަކިން އާންމުކޮށްފައިވާއިރު، އެ އިދާރާގައި މަސައްކަތްކުރާ 524 މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް މަހެއްގެ މައްޗަށް 4.31 މިލިއަން ރުފިޔާ ހަރަދުކުރެއެވެ. އޭގެ ތެރޭގައި ހިމެނޭ 192 ބިދޭސީންނަށް މުސާރަދޭން ހަރަދުވަނީ، 1.63 މިލިއަން ރުފިޔާއެވެ. އަދި އެ އިދާރާގައި މަސައްކަތްކުރާ 332 ދިވެހިންނަށް ހަރަދުވަނީ 2.67 މިލިއަން ރުފިޔާއެވެ.

މާލެ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ބިދޭސީންގެ ތެރޭގައި ގިނައީ ލޭބަރުންނެވެ. ބާކީ ތިބި ބިދޭސީން މަސައްކަތްކުރަނީ މެކޭނިކުންނާއި، ޑްރައިވަރުންނާއި އިލެކްޓްރީޝަނުންގެ ގޮތުގައެވެ. އަދި އެތަނުގައި މެކޭނިކެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކު ފިޔަވައި، ބާކީ ތިބި އެންމެންނަށް އުޖޫރައިގެ ގޮތުގައި ލިބެނީ 4،100ރ. އެވެ. މެކޭނިކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެނީ 6،965ރ. އެވެ.

ދިވެހި މުވައްޒަފުންނަށް ބަލާއިރު އެންމެ ބޮޑު އުޖޫރައެއް ލިބެނީ މޭޔަރަށެވެ. އެގޮތުން މޭޔަރަށް ލިވިންގ އެލަވަންސް (10،000ރ.) އަދި ކާރު އެލަވަންސް (7،500ރ.) ހިމެނޭހެން މުސާރަ އާއި އިނާޔަތުގެ ގޮތުގައި 47،500ރ. ލިބިވަޑައިގަންނަވައެވެ. ޑެޕިއުޓީ މޭޔަރަށް ހުރިހާ އިނާޔަތެއް ހިމެނޭހެން ލިބަވަޑައިގަންނަވަނީ 35،000ރ. އެވެ. އަދި ކައުންސިލަރުންނަށް ލިބިވަޑައިގަންނަވަނީ 30،000ރ. އެވެ. އެންމެ މަދުން މުސާރަ ލިބޭ ފަރާތަށް ލިބެނީ އެންމެ 3470ރ. އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 10%ވަރަށް ދެރަ 80%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: