ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް މުވައްޒަފުން ޕަރައިމެރީތަކުގައި ވެސް ވާދަކުރި، ފިޔަވަޅު އަޅާފައި ނުވާނެ: ފަހުމީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ މުވައްޒަފުންގެ ސިޔާސީ ވިސްނުމަށް ބަލައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށާއި މުވައްޒަފުން އެކަމަށް ހެކިވާނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް މުވައްޒަފުން ތާއީދު ނުކުރުމުން ނުވަތަ އިދިކޮޅުގެ ކެންޑިޑޭޓަށް ކެމްޕެއިން ކުރާކަމަށް ތުހުމަތުކޮށް ފިޔަވަޅު އެޅިކަމުގެ އަޑުތައް ފެތުރުނެވެ. އެހެން ނަމަވެސް އެ ވާހަކަތައް ކުންފުނިން އައީ ފެށުނީއްސުރެ ދޮގު ކުރަމުންނެވެ.

ކުންފުނީގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވައި ފަހުމީ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ސިޔާސީ ޕާޓީތަކުން ބޭއްވި ޕްރައިމެރީގައި ވެސް ސްޓެލްކޯގެ ގިނަ މުވައްޒަފުން ވާދަކުރި ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް ޕްރައިމެރީން ލިބުނު ކަމިޔާބީއަށް ފަހު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅިއިރު ބައެއް މުވައްޒަފުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރިކަމަށް ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ އެގޮތަށް ފޯމު ހުށަހެޅި އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއެއްގެ ޕްރައިމެރީއެއްގައި ވާދަކުރާތީ އެކަމާ ދެކޮޅަށް ސާކިއުލާތައް ނެރެ މުވައްޒަފުން ހުއްޓުވުމަށް މަސައްކަތްކޮށްފައި ނުވާނެ ކަމަށެވެ. ސިޔާސީ ހަރަކާތެއްގައި ބައިވެރިވީތީ އެއްވެސް މުވައްޒަފަކަށް އިންޒާރެއް ވެސް ދީފައި ނުވާނެކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ ޕްރައިމެރީގައި ވެސް ބައެއް މުވައްޒަފުން ވާދަކުރިއިރު އޭނާ ގަބޫލު ކުރާ ގޮތުން އެއީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެކެވެ.

ކުންފުނިން ނުހުންނާނެ އަޅުގަނޑުމެން އެއްވެސް މުވައްޒަފަކޖަށް ފިޔަވަޅު އަޅާފައެއް.. މިނިވަންކަމާއި އެކު ހަމަ އޮޕޮޒިޝަން ޕާޓީގައި ވެސް އަދި ރޫލިން ޕާޓީގައި ވެސް ޕްރައިމެރީގައި ހަމަ ކުރިމަތިލި.. އެހެން ނަމަވެސް އެއްވެސް މުވައްޒަފަކަށް އަޅުގަނޑުމެން ނުހުންނާނެ ފިޔަވަޅު އަޅާފައެއް.. އެއީ އަޅުގަނޑު ދެކޭ ގޮތުން އެބޭފުޅުންނަށް ލިބިދޭ ހައްގެއް..

ސިޔާސީ ކަންކަމުގައި އުޅުމުގެ މިނިވަންކަން ގާނޫނުގެ ދަށުން އާންމު ރައްޔިތުންނަށް ލިބިދީފައިވާއިރު ފަހުމީ ވިދާޅުވީ، އެ ސަބަބާ ހުރެ ވެސް އެއްވެސް މީހަކަށް ފިޔަވަޅެއް އެޅުމަށް ބޭނުން ނުވާކަމަށެވެ. ފަހުމީ ވިދާޅުވީ ސަރުކާރުން ކުންފުނި ސިޔާސީ ނުކުރާނެކަމަށާއި، މަސައްކަތަށް ފަހު މުވައްޒަފުންނަށް އެބަޔަކު ބޭނުން ގޮތަކަށް އުޅުމުގެ ފުރުސަތު ލިބިގެންވާ ކަމަށެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯ އޮތީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިކަމަށާއި، އެކަމަށް ކުންފުނީގެ މުވައްޒަފުން ހެކިވާނެ ކަމަށެވެ.

ސްޓެލްކޯއާއި ހަވާލުވުމަށް ފަހު ވެސް ފަހުމީ ވިދާޅުވެފައި ވަނީ ސިޔާސީ ވިސްނުމަކާއި ހުރެ ސްޓެލްކޯގެ މުވައްޒަފުންނަށް އެއްވެސް ފިޔަވަޅެއް ނާޅާނެކަމަށެވެ. އަދި ކުންފުނި ހިންގުމުގައި ސިޔާސީ އެއްވެސް ކުލަވަރެއް ނުހިމަނާނެނަކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: