ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ވިސްނުން ތަފާތުވެގެން އެއްވެސް މުވައްޒަފެއް ވަކިކޮށްފައި ނުވާނެ: މަދަނީ އަބްދުﷲ

މޯލްޑިވްސް ގޭސްގެ އެމްޑީ އަބްދުﷲ: ފޮޓޯ/ މޯލްޑިވްސް ގޭސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ސަރުކާރުގެ ވަޒީފާތަކުގައި ތިބި އެމަނިކުފާނާއި ދެކޮޅުވެރި މީހުންވެސް ގޮވައިގެން ކުރިއަށް ދިއުމަށްކަމަށް މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އަބްދުﷲ ވިދާޅުވީ މީގެ ކުރިން ވެރިކަން ކުރެއްވި ފަރާތްތަކުން ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅު މުއައްޒަފުން ވަކި ކުރުމުގެ ސަގާފަތެއް ގެންގުޅެފައިވާކަމަށެވެ. ވެރިކަމާއި ހަވާލުވެ، ކުރީގެ ރައީސަށް ފާޑުކިއުން އަމާޒު ކުރައްވައި ވަކިކަމެއްގެ ޒިންމާ އެ ސަރުކާރުގެ ބޮލުގައި އެޅުވުމުގެ ބަދަލުގައި ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ އެމަނިކުފާނުގެ މެނިފެސްޓޯ ތަންފީޒު ކުރެއްވުމަށްކަމަށް އަބްދުﷲ ވިދާޅުވި އެވެ.

ސަރުކާރުގެ ހެޔޮ ބަދަލު ސިއްހީ ދާއިރާއިން އެކަނި ފެންނާނެކަން ފާހަގަކުރައްވައި އަބްދުﷲ ވިދާޅުވީ ސީ އެމްބިއުލާންގެ ސިދުމަތް މި ސަރުކާރުން ފެށީ ސަރުކާރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ކަމަށެވެ.

މީގެއިތުރުން އާންމު ދިރިއުޅުމުގައި ކުރާ ހަރަދުތައް ރޯދަ މަހު އިތުރުވުމާއި، ކަރަންޓަށް ކުރާ ހޭދަ ވެސް އިތުރުވާތީ ބިލުތަކުން ޑިސްކައުންޓެއް ދިނުމަށް ސަރުކާރުން ނިންމެވިކަމަށް އަބްދުﷲ ވިދާޅުވި އެވެ. އަދި ފެން ބިލަށް ވެސް އިތުރު ލުއިތަކެއް ދެއްވުމަށް ފަހު، އިތުރު ކަންބޮޑުވުންތަކެއް ވެސް އެމަނިކުފާނާއި ހަމައަށް އައުމާއި އެކު އެކަން ވެސް ހައްލު ކުރެއްވިކަމަށް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭގޮތުން އަބްދުﷲ ވިދާޅުވީ، އޭނާ ސިޔާސީ ދާއިރާގެ އިސް ސަފުގައި އަމަލީގޮތުން 2008 ވަނަ އަހަރުން ފެށިގެން އުޅެމުން އައިސްފައިވާއިރު މިހާ އަވަހަށް ރައްޔިތުންނަށް ވީ ވައުދުތައް ފުއްދެވުމުގެ ގޮތުން އިހުލާސްތެރިކަމާއިއެކު މަސައްކަތްތައްކޮށް ކަންކަން ތަންފީޒުކުރަމުންދާ ވެރިޔަކު ދެކިފައިނުވާކަމަށެވެ.

އަބްދުﷲ ވިދާޅުވީ ސަރުކާރާއި ދެކޮޅު ވިސްނުން ހުރެގެން ވަޒީފާތަކުން ވަކި ކުރަމުންދާކަމަށް ބުނެ ބައެއް މީހުން އަޑުތައް ފެތުރި ނަމަވެސް އޭގައި ހަގީގަތެއް ނެތްކަމަށެވެ. ރައީސް މުއިއްޒަކީ އެހެން ވެރިންނާއި ހިލާފަށް، ސިޔާސީ ތަފާތު ވިސްނުމެއް ހުރުމުގެ ސަބަބުން އެ މީހުން ވަޒީފާއިން ވަކިކޮށް ފިޔަވަޅު އަޅާނެ ބޭފުޅެއް ނޫންކަމަށް އަބްދުﷲ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ނޫން އެހެނިހެން ހުރިހާ ވެރިންވެސް އެމީހަކާ ދެކޮޅަށް ބަސްބުނާ ނުވަތަ ކަނޑިނަގައިގެން ތިބި މީހުންނާއި ފޭސްބުކްގައި ޕޯސްޓުތައް ކުރާ މީހުން ވަޒީފާއިން ކަނޑާލާ ބޭރުކޮށްލާކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މޯލްޑިވްސް ގޭސްގައި އެފަދަ އަމަލެއް ހިންގާފައިނުވާނެކަމަށާއި އެކަމަށް ޗެލެންޖް ކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

ސިޔާސީ ހިޔާލުތަފާތުވުމެއްގެ ސަބަބުން އޭނާ ހަވާލުވެ ހުރި މޯލްޑިވް ގޭހުގެ އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް އަޅާފައި ނުވާނެކަމަށް އަބްދުﷲ ވިދާޅުވި އެވެ. ކިރިޔާ ވެސް ގެނައި ބަދަލަކީ، ހިންގުންތެރިކަމަށް ގެނައި ބަދަލުތައްކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: