ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭއެސްޑަބްލިއުސީ ގެ ޕާޓްނަރުންނާއި އެކު އެމްއޭސީއެލް އިން ސޮއިކޮށްފި

އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޕާޓްނަރުންނާއި އެކު އެއްބަސް ވުމުގައި ސޮއެކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެއާ ސާވިސް ވޯލްޑް ކޮންގްރެސް (އޭއެސްޑަބްލިއުސީ)ގެ ޕާޓްނަރުންނާ އެކު އެމްއޭސީއެލް އިން ސޮއިކޮށްފިއެވެެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލު ސީޕްލޭން ޓާމިނަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވީ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ތެރެއިން ދުނިޔޭގެ އެހެން ގައުމުތަކުގެ އޭވިއޭޝަން ސެކްޓަރުގެ އިސް ފަރާތްތަކާ އެކު ގުޅުން ބަދަހިކޮށް ވިޔަފާރީގެ އިތުރު ފުރުސަތުތަކަށް ފަހިވެގެންދާނެ ކަމަށެވެ. އެ ފުރުސަތުގެ ބޭނުން ދާއިރާގެ ހުރިހާ ފަރާތްތަކުން ހިފައި ކޮންގްރެސްގައި ބައިވެރިވާން ޝަރީފް ގޮވައިލެއްވި އެވެ.

މި ސަރުކާރުން އެއާޕޯޓު ތަރައްގީ ކުރަން ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި އެއާޕޯޓު ތަރައްގީ ކުރުމުން ޓޫރިޒަމް ސެކްޓަރު އިތުރަށް ފުޅާކުރެވި، އެކަމުގެ ހެޔޮ ބަދަލު މުޅި އިގްތިސާދަށް ވެސް ފެންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން އެ ރަސްމިއްޔާތުގައި އެމްއެމްޕީއާރްސީގެ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހް ވިދާޅުވީ ވެލާނާ އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށްގެން ދުނިޔޭގެ މަގްބޫލް މަންޒިލަކަށް ރާއްޖެ ހެދޭނެ ކަމަށެވެ. އެއީ ފެންނަން ވަރަށް ބޮޑަށް އެދޭ ބަދަލެއް ކަމަށް ވެސް ވިދާޅުވި އެވެ.

  • އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ އިވެންޓް ޕާޓްނަރުން: 
  • ރިސޯޓް ޕާޓްނަރުން: ޝެރެޓަން، މަލަހިނި
  • ވެނިއު ޕާޓްނަރު: ކުރުނބާ މޯލްޑިވްސް
  • ޑިޖިޓަލް ޕާޓްނަރު: ދިރާގު
  • ސީޕްލޭން ޕާޓްނަރު: ޓީއެމްއޭ
  • އެއާލައިން ޕާޓްނަރު: އެމިރޭޓްސް
  • އޭވިއޭޝަން ޕާޓްނަރު: މޯލްޑިވިއަން
  • މީޑިއާ ޕާޓްނަރުން: އައިލެންޑް ޗީފް، އޯރްކާ މީޑިއާ، ހޮޓެލިއަރ މޯލްޑިވްސް، ދަ އެރައިވަލް، ޓްރެވެލިއުޝަން މީޑިއާ

އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ އެންޑޯސްމަންޓް ޕާޓްނަރުން:

  •  މިނިސްޓްރީ އޮފް ޓޫރިޒަމް
  •  މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން (މޮޓްކާ)
  •  މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)
  •  މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)

އޭއެސްޑަބްލިއުސީ 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 9 އިން 11 އަށެވެ. އެ ކޮންގްރެސްގައި ދުނިޔޭގެ އެކި ގައުމުތަކުގެ އޭވިއޭޝަން ދާއިރާގެ ބޭފުޅުން ބައިވެރިވާނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވާއިރު 300 ޑެލިގޭޓުންވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: