ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރެންދޫ ދާއިރާގެ މެމްބަރު ޕީއެންސީއަށް، ޖަމްލަ މެމްބަރުގެ އަދަދު 74 އަށް!

ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ޝާމިން ޙަބީބު ޕީއެންސީއާއި ގުޅިވަޑައިގެންފިއެވެ. ޝާމިން ގުޅިވަޑައިގެންނެވުމާއިއެކު އެ ޕާޓީގެ ޕީޖީ ގުރޫޕުގައި ތިއްބަވާ މެމްބަރުންގެ ޖުމުލަވަނީ 74 އަކަށް އަރާފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި މަޖިލީހުގެ ކުރެންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޝާމިން ޕީއެންސީއަށް ސޮއިކުރެއްވިކަން އިއުލާނުކުރެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު އެމަނިކުފާނުގެ އެކްސް އެކައުންޓު މެދުވެރިކޮށްކަމަށްވާއިރު އެމަނިކުފާނުވަނީ ސޮއިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ.

މެމްބަރު ޝާމިން ސޮއިކުރެއްވީ ރައީސް މުއިއްޒު ދިރިއުޅުއްވާ ގެކޮޅު މުލިއާގޭގައި ބޭއްވި ބައްދަލުވެއްގައެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ ހާއްސަ އެޑްވައިޒަރު ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަދި އޭދަފުށީ ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ސަލީމްގެ އިތުރުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އާއި އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދާއި އިގްތިސާދީ ވަޒީރު މުހައްމަދު ސައީދާ އަދި އެހެނިހެން ބައެއް ވަޒީރުންނާއި އިސްވެރިން ތިއްބެވިއެވެ.

ޝާމިން ޕީއެންސީ އާއި ގުޅުމާއިއެކު އެ ޕާޓީއާއި ޕީޖީ ގުރޫޕުގައި ތިއްބަވާ މެމްބަރުންގެ ޖުމުލަ އަދަދު 74 އަރާއިރު މަޖިލިސް އިންތިހާބުގައި އެ ޕާޓީއަށް ކާމިޔާބުކުރެވުނީ 66 ގޮނޑިކަން ފާހަގަކުރެވެއެވެ. އަމިއްލަ ގޮތުން ވާދަކުރި 7 މެމްބަރަކު މީގެ ކުރިންވެސް ގުޅިފައިވާއިރު މިވަގުތު ގުޅިފައިނުވާ އެހެންނަމަވެސް އެ ޕާޓީއަށް ތާއީދުކުރާ އިތުރު ބައެއް ފަރާތްތައްވެސް އެބަތިބިއެެވެ. އެގޮތުން އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ހިމެނޭހެން އެ ޕާޓީގެ ދެ މެމްބަރަކުވެސް ޕީއެންސީގެ ސިޔާސަތުތަކަށް ތާއީދުކޮށް އެއްބާރުލުން ދެއްވާނެކަން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: