ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރަށް ފަތުރުވެރިން ގެނެސްގެން އޮކިއުޕަންސީ މައްސަލަ ހައްލުކުރާނަން: ފައިސަލް

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި މާކެޓުތަކުން އިތުރަށް ފަތުރުވެރިން ގެނެސްގެން ދިވެހިރާއްޖޭގެ ލޯކަލް ޓުއަރިޒަމް ދާއިރާގެ އޮކިއުޕަންސީ ދަށްވެފައިވުމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ޓުއަރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވީ، ލޯކަލް ޓުއަރިޒަމްއަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެވިދާނެ މަސައްކަތްތަކެއްކަމަށެވެ. އަދި ރާއްޖޭގައި ތިބި ގެސްޓު ހައުސްތަކުގެ ވެރިންނަަކީ ދިވެހިންކަމަށްވުމުން އެ ދާއިރާއަށް ހާއްސަ ޝައުގުވެރިކަމެއް ގެންގުޅުއްވާކަންވެސް ހާމަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓުކޮށްގެން ތިބި ފަރާތްތައް ސިނާއަތުގެ ދެމެހެއްޓިނިވިކަމާއިމެދު ހާސްނުވުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި ސަރުކާރުން ކުރިއަށް ދާނީ ވިޔަފާރިވެރިންގެ އަޑު އަހައި ކަންބޮޑުވުންތަކަށް އިހުތިރާމްކޮށްގެންކަމަށާއި ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިރާއްޖެއިން ހޯދާފައިވާ ޖާގަ ދެމެހެއްޓުމަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް ވަރުގަދަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ބަޖެޓު މިހާރަށްވުރެ ބޮޑުކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ހުށައަޅުއްވާނެކަމަށާއި ދާއިރާގެ ތެރެއިން ކުރެވިދާނެ އިތުރު ކަންކަމާއި މަންފާތައް ހާސިލުކުރެވިދާނެ އިތުރު ގޮތްތައް ހޯއްދަވާނެކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރ ފައިސަލް ވިދާޅުވީ، ދުނިޔޭގެ އެކި މާކެޓުތަކުން އިތުރަށް ފަތުރުވެރިން ގެނެސްގެން އޮކިއުޕަންސީ ދަށްވެފައިވުމުގެ މައްސަލައަށް ހައްލުތަކެއް ގެނެސްދެއްވާނެކަމަށެވެ.

އެހެންނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ލޯކަލް ޓުއަރިޒަމް ދާއިރާގައި ބޮޑެތި ކާމިޔާބީ ތަކެއް ހާސިލުކުރެވިފައިވާކަމަށްވެސް އަލިއެޅުއްވިއެވެ. އެގޮތުން ވޭތުވެދިޔަ 13 ވަރަކަށް އަހަރުގެ ތެރޭގައި 16،000 އެނދު އިތުރުކުރެވިފައިވާކަމަށާއި މި ދާއިރާއަކީ އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ފައިދާތަކެއް ލިބިގެންދާ ދާއިރާއެއްކަމަށް ފާހަގަކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ، ދާއިރާގައި ހައްލުތައް ހޯދަންޖެހިފައިވާ ބައެއް މައްސަތަލައްވެސް ހުރިކަމަށެވެ. އެހެންކަމުން ހައްލުތަކެއް ހޯދުމަށްޓަކައި ޓުއަރިޒަމް މިނިސްޓްރީގެ އިސްނެގުމުގެ މަތިން އޭޖީ އޮފީހާއިއެކު މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށާއި ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިވެރިންނާއިއެކުވެސް އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެކަން ހާމަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޖުމުލަކޮށް ރާއްޖޭގެ ފަތުރުވެރިކަން ފެނިގެންދަނީ ރަނގަޅަށް ކަމަށާއި މިވަގުތު ސަރުކާރުން އެ ދާއިރާގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަން ކަނޑައަޅާފައިވަނީ އައު ޓާމިނަލް ހުޅުވުމުގެ މަސައްކަތްތައްކަމަށްވެސް މައުލޫމާތު ދެއްވިއެވެ.

އެމްއެމްއޭއިން އާންމުކުރާ އިކޮނޮމިކް އަޕްޑޭޓްގެ މޭ 2024ގެ ރިޕޯޓުގައި އެ މުއައްސަސާއިންވަނީ ދިވެހިރާއްޖޭގެ އިގްތިސާދު އަދި މާލީ ހާލަތާއި ގުޅުން ހުރި ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ.

2023 ވަނަ އަހަރާއި އަޅާ ބަލާއިރު 2024ގެ އެޕްރިލް މަހުގެ ތެރޭގައި ފަތުރުވެރިން އައިސްފައިވާ އަދަދު 2 އިންސައްތައިން އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ. އެގޮތުން އެއްލައްކަ ފަސްދޮޅަސް އަށްހާސް ތިންސަތޭކަ ފަސްދޮޅަސް ހަ ފަތުރުވެރިޔަކު އައިސްފައިވާކަމަށް މައުލޫމާތު ދީފައިވާއިރު، ގެސްޓްހައުސްތަކުގެ ބެޑްނައިޓް 17 އިންސައްތައިން ދަށްވުމުގެ ސަބަބުން ރިސޯޓުތަކުގައި 2 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާނަމަވެސް ޖުމުލަ ބެޑްނައިޓްގެ އިންސައްތަވެސް ވަނީ ދަށްވެފައިކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: