ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއާއިއެކު އެކުލަވާލި އެއްބަސްވުމުގެ ސަބަބުން ފަތުރުވެރިކަން ކުރިއަރާނެ: ފައިސަލް

ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއާއި ރާއްޖެއާއި ދެމެދު ދެގައުމުގެ ފައިސާ ބޭނުން ކުރެވޭ ގޮތަށް އެކުލަވާލި އެއްބަސްވުމުގެ ސަބަބުން ފަތުރުވެރިކަން ކުރިއަރާނެކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޕީޕަލްސް ބޭންކް (ޕީބީއޯސީ)އާ ދެމެދު ކަރަންޓް އެކައުންޓް މުއާމަލާތްތައް ރާއްޖެއާއި ޗައިނާ އާއި ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ޗައިނާއާއެކު ސަރުކާރުން އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ. މިއީ ދިވެހިރާއްޖެއާއި ޗައިނާއާ މެދުގައި އިގްތިސާދީ ގުޅުން ވަރުގަދަކޮށް، ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އެޅިގެންދާ މި ފިޔަވަޅަކީ، ލިބޭ ކުރިއެރުމެއްކަމަަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި އެއްބަސްވުމަށް މަރުހަބާ ވިދާޅުވެ ފައިސަލް ކުރެއްވި ޕޯސްޓެއްގައި ވަނީ މީގެ ސަބަބުން ދެ ގައުމަށް ވާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން މި އެއްބަސްވުމާއިއެކު ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް އިގްތިސާދީ ގުޅުން ބަދަހިވާނެކަމަށް ފައިސަލް ވިދާޅުވިއެވެ.

ޗައިނާގެ ފަތުރުވެރިން ރާއްޖެ އައުމަށްފަހު ފައިސާ ދެއްކުމުގައި ލުއި ފަސޭހަތަކެއް ލިބޭނެކަމަށާއި، އެހެންކަމުން ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުވެގެންދާނެކަމަށް ފައިސަލް ވިދާޅުވިއެވެ. މިކަމުގެ ފައިދާ ފަތުރުވެރިކަމުގެ ސިނާޔަތަށާއި، ޗައިނާގެ ވިޔަފާރިތަކަށްވެސް ކުރާނެކަމަށް ފައިސަލް ވިދާޅުވިއެވެ.

ޗައިނާގެ ފަތުރުވެރިކަމަށް ހާއްސަކޮށްގެން މިހާރުވެސް ޓޫރިޒަމް މިނިސްޓްރީއިން ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: