ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒާއި ދެކޮޅަށް އިދިކޮޅުން ދައްކާ ވާހަކަތަކަށް، އެއްވެސް ހެއްކެއް ނުދެއްކޭ: ފަލާހު

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ވެރިކަމުގައި ރައީސްގެ މައްޗަށް އެތައް ތުހުމަތްތަކެއް ހިންގިއިރު ވެސް އެމަނިކުފާނާއި ދެކޮޅަށް އެއްވެސް ހެއްކެއް ނުދެއްކުނު ކަމަށާއި އެމަނިކުފާނުގެ ތެދުވެރިކަން އެ ތަހުޤީގުތަކުން ރައްޔިތުންނަށް ހާމަވެގެން ދިޔަ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާވެއްޖެއެވެ.

ޕީއެންސީގެ ޖަގަހަ “ހައުސް އޮފް ޕީއެންސީ” ހުޅުވުމުގެ ރަސްމިއްޔާތުގައި ފަލާހް ވިދާޅުވީ ރައީސް މުއިއްޒަކީ މި ގައުމަށް އިޚްލާސްތެރި ތެދުވެރި ވަފާތެރިއެއްކަން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ދައްކުވައިދީފައިވާ ކަމަށެވެ. ކޯޓާއި މަޖިލީހަށް އެތައް ފަހަރަކު ގެންގޮސް ދޮގު އިލްޒާމު އެޅުވިޔަސް، އެމަނިކުފާނަކީ ގައުމަށް އިޚްލާސްތެރި ތެދުވެރި ވަފާތެރިއެއްކަން 2023 ވަނަ އަހަރު ރައްޔިތުން ދައްކައިދީފި ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.

“ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާމިޔާބު ކުރެއްވީ ރައްޔިތުންގެ ލޮލުގައި ވަރަށް ރީތި ކަޅު އަނދުނެއް އަޅުއްވަމުން. އެޖެންޑާ 19 ގެ ފޮނި އުއްމީދުތަކެއް، ފޮނި މެސެޖުތަކެއް ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން. އެޖެންޑާ 19 ވެގެންދިޔައީ މި ޤައުމަށް ދުވަހަކު ވެސް ކުރިމަތި ނުކުރާނޭ ފަދަ ބޮޑެތި ގޮންޖެހުންތަކަކާއި އިޤްތިސާދީ ގޮތުން ބޮޑު އަދަވަޅަކަށް ވައްޓާލި އެޖެންޑާ 19 އަކަށް.”

2018 އިން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް އެމްޑީޕީން ވެރިކަން ކުރަމުން އައީ ރައްޔިތުންގެ މަޖިލީހުގެ ވަރަށް ސާފު އަޢުލަބިއްޔަތެއް ލިބިގެން ކަމަށާއި ނަމަވެސް އަޢުލަބިއްޔަތުގެ ބޭނުން ނަހަމަގޮތުގައި އެމްޑީޕީ ސަރުކާރުން ބޭނުން ކުރި ކަމަށް ފަލާހު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤާނޫނުތަކާއި ޤަވައިދުތަކަށް އެމްޑީޕީން ގެނައި ބަދަލުތަކާއި އިސްލާޙުތަކަކީ ރާއްޖޭގެ ރައްޔިތުންނަށް އިޤްތިސާދީ ޒަހަރަކަށް ކަމަށާއި ރައްޔިތުން ބޮޑު އަދަވަޅަކަށް ވައްޓާލާ އެޖެންޑާ 19 އިން ރައްޔިތުންގެ ލޮލުގައި ރީތި އަދުނެއް އެޅުވިކަމަށް ފަލާހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: