މިއަދު ހަވީރު ލ. ދަނބިދޫ ކޯސްވޭއާ ދިމާލު މޫދުގައި މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް ބުނީ ދަނބިދޫ އިރުމަތީ ފަރާތު ކޯސްވޭ ސަރަހައްދު މޫދުގައި މީހަކު އޮޔާދަނިކޮށް ފެނިފައިވާ ކަމަށެވެ. އަދި އޭނާ މިއަދު ހަވީރު 04:55 ހާއިރު އެ ރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ދަނބިދޫ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ މިހާރު އިތުރަށް ބަލަމުންދާ ކަމަށް ވެސް ފުލުހުންގެ މެސެޖުގައިވެއެވެ.
ނިޔާވެފައި އޮއްވައި ފެނުނީ އުމުރުން 65 އަހަރުގެ އައިމިނަތު އުމަރު ނަމަކަށް ކިޔާ މީހެކެވެ.
ރާއްޖޭގައި މަދުން ނަމަވެސް މިފަދަ ހާދިސާތައް ހިނގައެވެ. އެގޮތުން މިފަހުން ރިސޯޓެއްގައި ވެސް މީހަކު ގެނބިގެން މަރުވި އެވެ.

