ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމްޕެއިން ކުރުން ނުހުއްޓާނަން: ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ކެމްޕެއިން ހުއްޓާލުމަށް ގޮވާލަމުންދާ އަޑުތަކަށް ރައްދު ދީ އެ މަސައްކަތްތައް ހުއްޓާނުލައްވާނެ ކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯބައިޑެން ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން ބައިޑެންއަށްވަނީ ބަހުސްގައި ބައެއް ގޮންޖެހުންތައް ކުރިމަތިވެފައެވެ. އެހެންނަމަވެސް އޭނާވަނީ ކުރިއަށް އޮތް ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ވާދަވެރި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބަލިކުރެއްވުމަށް ވައުދުވެވަޑައިގެންފައިކަމަށާއި އޭނާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލަމުންދާ އަޑު ގަދަވިނަމަވެސް އިތުރު ދައުރެއް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ފަސްޖެހިވަޑައިނުގަންނަވާނެކަން ބައިޑެން ހާމަކުރެއްވިއެވެ.

ބައިޑން ވިދާޅުވީ، އޭނާއަކީ ޒުވާން ފިރިހެއް ނޫންކަން އެނގިވަޑައިގަންނަވާކަމަށެވެ. އަދި އެއީ ސާފުކޮށް ފެންނަން ހުރި ކަމެއްކަމަށް އިޝާރާތްކުރެއްވިކަމަާއި ކުރިން ހިނގާބިނގާ އުޅޭ ވަރަށް މިހާރު ފަސޭހަ ނޫންއިރު ޒުވާން އިރު ހާ ފަށުވިކޮށް ވާހަކަ ނުދެއްކޭކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާރު ކުރިން ކުރާ ފެންވަރުގައި ބަހުސްވެސް ނުކުރެވޭކަމަށެވެ. އެހެންނަމަވެސް ކުރަން އެނގިވަޑައިގަންނަވާ ކަމެއް ކުރަން އެނގިވަޑައިގަންނަވާކަމަށާއި އޭނާއަކީ ތެދު ހަގީގަތް ވިދާޅުވާން އެނގޭ މީހެއްކަމަށް ބައިޑެން ހިއްސާކުރެއްވިކަމަށް ރިޕޯޓުތަކުގައިވެއެވެ.

އޭނާ ވިދާޅުވީ، ހެވާއި ނުބައި އެނގިވަޑައިގަންނަވާކަމަށާއި ކުރިމަތިލައްވާފައިވާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަންވެސް އެނގޭކަމަށެވެ. އޭނާ ވިދާޅުވީ، މަސައްކަތްތައް ކުރިއަށް ގެންދަވަން އެނގިވަޑައިގަންނަވާކަމަށެވެ. އަދި އެތައް މިލިއަން އެމެރިކާ ރައްޔިތަކާއި އެއްފަދައިން ވެއްޓުމުން އަނބުރާ ތެދުވާންވީކަންވެސް ސާފުވާކަމަށް އޭނާ ވިދާޅުވިއެވެ.  ބައިބޯ ސަރަހައްދެއްކަމަށްވާ ނޯތް ކެރޮލައިނާގައި ކުރިއަށް ގެންދެވި ކެމްޕެއިން ހަރަކާތުގައި ބައިޑެން ވިދާޅުވީ، އެ ސަަރަހައްދުން އިންތިހާބުގައި ކާމިޔާބީ ލިބިއްޖެޔާ މުޅި އިންތިހާބު ކާމިޔާބުވީކަމަށެވެ.

އޭނާވަނީ މި ފުރުސަތުގައި ގައުމީ ބަހުސްގައި ދެއްކެވި ޕާފޯމެންސަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރުއްވާފައިކަމަށް ރިޕޯޓުތަކުގައިވާއިރު ޑިބޭޓުގެ ތެރޭގައި ޖުމުލަތައް ފުރިހަމަ ކުރުމުގެ ދަތިކަމާއި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ދަތިކަމުގެ އިތުރުން ޓްރަމްޕް ދެއްކެވި ހަގީގަތާއި ހިލާފު ވާހަކަތަކަށް ރައްދު ދީފައިވެސް ނުވާކަމަށްވާއިރު ބައިޑެންވަނީ މި ބައްދަލުވުމުގައި ޓްރަމްޕަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: