ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިން ހުއްޓުވާލީ އޭނާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ޖޯ ބަައިޑެންވަނީ ކުރިއަށް އޮތް ދައުރު ލިބިވަޑައިގެންފި ހާލަތެއްގައި އެކަށީގެންވާ ގޮތެއްގެ މަތިން މަސައްކަތް ކުރެވިދާނެކަމާއިމެދު ކުރެވެމުންދާ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. އޭނާ ވިދާޅުވީ، ކުރައްވަމުންދާ ހަމަ އެކަނި މަސައްކަތްތަކީ ކެމްޕެއިން ކުރެއްވުން ނޫންކަމަށެވެ.
ބައިޑެން ވިދާޅުވީ، ދުނިޔެ ހިންގުމުގެ މަސައްކަތްތައްވެސް ކުރައްވަމުންދާކަމަށާއި ނޭޓޯ ޖަމާއަތް އެކުލަވާލީ އޭނާކަމަށްވެސް ވިދާޅުވިއެވެ. ބައިޑެން ވިދާޅުވީ، ނޭޓޯއަކީ ކުރިމަގުކަމަށާއި އެ ޖަމާއަތް ފުޅާކުރެވިދާނެކަމަށް އެއްވެސް ބަޔަކު ގަބޫލުނުކުރިކަމަށްވެސް އަލިއެޅުއްވިއެވެ. ބައިޑެން ވިދާޅުވީ، ޕުޓިން ހުއްޓުވާލީ އޭނާކަމަށެވެ.
މިނިވަން ފަރާތެއް މެދުވެރިކޮށް ސިއްހީ ހާލަތު ކަށަވަރުކުރުމަށް އެއްބަސްވެވަޑައިގަންނަވާނަން ތޯ ސުވާލު ކުރުމުން ބައިޑެންވަނީ އޭނާގެ ސިކުނޑީގެ ހާލަތާއި ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި ކޮންމެ ދުވަހަކުވެސް ޓެސްޓުތައް ހަދާކަން ހާމަކުރައްވާފައެވެ.
މީޑިއާތަކުން ބުނާގޮތުން ޖޯބައިޑެން ދަނީ ތާއީދުގެ ގޮތުން މުހިންމު އެތައް ސަރަހައްދަކުން ޓްރަމްޕާއި ގާތްކުރަމުންނެވެ. އެގޮތުން ޓްރަމްޕަށް 47 އިންސައްތަ މީހުންގެ ތާއީދު އޮތްކަމަށް ފެނިގެންދާއިރު ބައިޑަންއަށް އޮތީ 45 އިންސައްތައިގެ ތާއީދުކަމަށް ރިޕޯޓުތަކުގައިވެއެވެ.

