ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ސަރުކާރުގައި ފައިސާ ޗާޕުކޮށްގެން ވެސް ރައްޔިތުންނަށްވީ ފައިދާއެއް ނެތް: ސައްތާރު

ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއް ސައްތާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ސަރުކާރުން ފައިސާ ޗާޕުކޮށްގެންވެސް ރައްޔިތުންނަށްވީ ފައިދާއެއް ނެތް ކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއް ސައްތާރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ސައްތާރު ވިދާޅުވީ ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތް ހަތް މަސް ދުވަސް ތެރޭގައި ނުވަތަ ރައީސް މުއިއްޒުގެ ކެމްޕޭން ތެރޭގައިވެސް ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް އަޑު އިވުނު ވާހަކައަކީ އޭރު އެއްވެސް ބަލާލުމެއް ނެތި ގިނަ ޕްރޮޖެކްޓުތަކެއް ފަށާ ފައިސާ ޗާޕްކުރަމުން ދިޔަ ވާހަކަ ކަމަށެވެ. އޭރުގެ އެމްޑީޕީން ބުނަމުން ދިޔައީ ކޮވިޑުގެ ތެރޭގައި އައި އިގްތިސާދީ ބަލި މަޑު ކަމުގެ ސަބަބުން ކޮވިޑްގެ ބަލިމަޑު ކަމުގެ އިތުރަށް އިގްތިސާދީ ވަރަށް ބޮޑު އަނދަވަޅަކަށް ރާއްޖެ ވެއްޓިގެން ދިއުމާއި ގުޅިގެން އެކަން ފޫބެއްދުމަށްޓަކައި ނުވަތަ މެނޭޖު ކުރުމަށްޓަކައި ފައިސާ ޗާޕުކުރި ކަމަށް ސައްތާރު ވިދާޅުވިއެވެ.

ސައްތާރު ވިދާޅުވީ ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލް މިއަދު ހުށަހަޅާފައިވާއިރު އޭގެ ކުރިންވެސް ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނެއް މީގެ ކުރިން އޮންނަ ކަމަށެވެ. ފައިސާ ޗާޕު ކުރާނަމަ ޗާޕުކުރާ ފައިސާއިން ކުރާ ހަރަދާއި އަދި އެއީ ކޮންބޭނުމަކު ޗާޕުކުރި ފައިސާއެއް ކަންވެސް ރައްޔިތުންގެ މަޖިލީހަށް އެނގެން ޖެހޭ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ސައްތާރު ވިދާޅުވިއެވެ.

ސައްތާރު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ފައިސާ ޗާޕްކުރީ ދަައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގައި ވާ އެ މާއްދާ ސަސްޕެންޑުކޮށްގެން ކަމަށެވެ.

”ފައިސާ ޗާޕްކުރެއްވި އަދަދާއި ދިވެހި ދައުލަތް ަސް އަހަރުގެ ފަހުން މިހާ ހިސާބަށް އައި އިރު އަޅުގަނޑުމެންގެ އިގަތިސާދު އޮތް ހާލަތަށް ބަލާއިރު މިއަދު ފައިނޭންސް މިނިސްޓަރުގެ ބަސްފުޅުތަކުން ރައްޔިތުންގެ މަޖިލީހުގެ މާލިޔަތު ކޮމިޓީގައި ދެއްކެވި ވާހަކަ ތަކަށް ބަލާލާއިރު ދިވެހިރާއްޖެ މިހާރު އޮތީ ވަރަށް އިގްތިސާދީ ގޮތުން ދަށުގައޭ. ސަރުކާރު ހިންގަން އެކަށީގެންވާވަރަށް މި ޕްރޮޖެކްޓު ތަކާއެއްޗިސް ހިންގަން ފައިސާއެއްނެތް.“

ސައްތާރު ވިދާޅުވީ މިފަދަ ވާހަކަތައް ދައްކާއިރު ސަރުކާރާއި ހަވާލުވާއިރު މެނޭޖު ކުރާނެ ވާހަކައާއި، ފައިސާ ހޯދޭނެ ވާހަކައާއި ނުވަތަ އިގްތިސާދު ރަނގަޅުވާނެ ވާހަކަ ވާދަވެރި ފަރާތްތަކުން ދައްކަމުންދާ ކަމަށެވެ. ސައްތާރު ވިދާޅުވީ ރައީސް މުއިއްޒުއަށް ރައްޔިތުން ޒިންމާ މަތިކުރީ ޝައްކެއްނެތް ގޮތުގައި އެ އުންމީދުގައި އެ ހާލަތު ރަނގަޅު ކުރުމަށް ކަމަށެވެ.

އެމްޑީޕީގެ ބޭފުޅުންނަށް ކޮވިޑްގެ ތެރޭގައި ދިވެހި ދައުލަތް މެނޭޖްކޮށް އިގްތިސޯދު ރަނގަޅަށް ބެލެހެއްޓި ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހަދާ ގައުމުގެ ތިޖޫރީގައި ލާރި ހުރެ ރައްޔިތުންނަށް މިހުރިހާކަމެއް ސާފުކޮށް އެނގި ރައްޔިތުން ގާބޫލު ކުރާ ފެންވަރަށް މިގައުމު މެނޭޖު ކުރެވިފައި އޮތްނަމަ 2023ގެ ރިޔާސީ އިންތިހާބުގައި އެހާބޮޑު ބައްޔަކުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލިވާނެ ކަމާމެދު ސައްތާރު ވަނީ ސުވާލު އުފައްދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: