ނިމިދިޔަ ސަރުކާރުގެ އިސްވެރިން ދައުލަތް ލޫޓުވާލައިގެން އުޅެމުންދާ ލައިފްސްޓައިލްތައް ނިމުމަކަށް ގެންނާނެކަމަށް މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.
ޕީއެންސީއިން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ދާދި ފަހުން ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ކޮރަޕްޝަންގެ އަމަލުތަކުގެ ތެރެއިން ގެއްލިފައިވާ ރައްޔިތުންގެ ފައިސާ ހޯއްދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ސިނާން އަމިއްލަ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިމިދިޔަ ސަރުކާރުގެ އިސްވެރިންނަށް ގޭގައި ގޮނޑީގައި އިންދާ ލިބެމުންދިޔަ ފައިސާތައް ނުލިބެން ފެށުމުން އެކަމާއި ދެކޮޅަށް ހަތިޔާރު ހިފައިން ހަނގުރާމައަށް ނުކުންނާނެކަން އެނގިވަޑައިގަންނަވާކަމަށެވެ.
އެހެންނަމަވެސް ވަޅު ކައްޓަފުޅި ދާންޏަށް ނުސިހޭނެކަމަށާއި މި ފަސް އަހަރުގެ ތެރޭގައި ނިމިދިޔަ ދައުރުގައި ދައުލަތް ލޫޓުވާލައިގެން އިސްވެރިން އުޅެމުންދާ ލައިފްސްޓައިލްތައް ނިމުމަކަށް ގެންނާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެކަން ނިމުމަކަށް ގެނެސް ރައްޔިތުންގެ ހައްގު ހޯއްދަވައިދެއްވާނެކަމަށެވެ.


One Response
ތިކަންކުރެވޭބާ؟