ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ނިޒާމެއްގައި ފަސް އަހަރަށް މި ހޮވެނީ ރަސްކަލެއް: ސައިފް

ގަލޮޅު އުތުރު ދާއިރަގެ ކައުންސިލަރ ސައިފް ފާތިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ނިޒާމެއްގައި ރައީސުލްޖުމުހޫރިއްޔާ ކީ ނަމަވެސް ފަސް އަހަރަށް ރަސްކަލެއް އައްޔަނުކުރުމާއި އެއްފަދަ ކަމަށް މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލު މެމްބަރު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ފާޅުކުރަމުންދާއިރު ސައިފްވަނީ އަމިއްލަ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި މި މައްސަލައަށް އަލިއަޅުއްވާފައެވެ.

އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދުގެ އާއިލާ ބޭފުޅަކު ޓުއަރިޒަމް މިނިސްޓްރީގެ ނައިބެއްގެ މަގާމަށް އައްޔަނުކޮށްފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އިޝާާރާތްކުރައްވާ ސައިފް ވިދާޅުވީ، ރައީސް އެދިވަޑައިގެންނެވި މީހަކަށް އެމަނިކުފާނު އެދިވަޑައިގެންނެވި މިންވަރަކަށް އަދި ފެންވަރެއްގައި މުސާރައާއި އިނާޔަތްތަކުގައި ސިޔާސީ ގޮތުން މީހުން އައްޔަނުކުރެވޭކަމަށެވެ.

އެހެންނަމަވެސް ކެބިނެޓުގައި ތިއްބަވާ މީހުން ނޫން އެހެނިހެން މަގާމުތަކުގައި ތިބި މީހުން ޖަވާބުދާރީ ވާންޖެހެނީ ހަމައެކަނި ރައީސް ޑރ މުއިއްޒުއަށް ކަމަށްވެސް ވިދާޅުވިއެވެ. ސައިފް ވިދާޅުވީ، އިތުރު ބަޔަކަށް އެ މީހުން ވަޒީފާއިން ވަކި ކުރެވޭނެ ގޮތެއްވެސް ނޯންނަކަމަށެވެ. އަދި ރިޔާސީ ނިޒާޟުގައި ފަސް އަހަރަށް ރައީސްއަކު ހޮވިނަމަވެް ހޮވެނީ ރަސްކަލެއްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: