ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްގެ ޓިކެޓުގައި ސައިފް މާލޭގެ މޭޔަރކަމަށް ވާދަކުރައްވަނީ!

ގަލޮޅު އުތުރު ދާއިރަގެ ކައުންސިލަރ ސައިފް ފާތިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުސްވެފައިވާ މާލެ ސިިޓީގެ މޭޔަރކަމުގެ މަގާމަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރެއްވުުމަށް މުހައްމަދު ސައިފް ފާތިހްއަށް ޕާޓީގެ ޓިކެޓު ދިނުމަށް ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.

ޑިމޮކްރެޓްސްގެ ޓިކެޓުގައި މޭޔަރކަމަށް ވާދަކުރައްވަން ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.

މުއްދަތު ހަމަވީއިރު ކުރިމަތިލައްވާފަވާ ހަމައެކަނި ބޭފުޅަކީވެސް، ސައިފެވެ. ސައިފަކީ މާލެ ސިޓީ ކައުންސިލުގައި ގަލޮޅު އުތުރު ދާއިރާ ތަމްސީލު ކުރައްވާ ކައުންސިލަރެވެ. އެ މަގާމަށް ސައިފު އިންތިހާބުވެވަޑައިގަތީ ވޯޓަކަށް ނުގޮހެެވެ. އެއީ އިންތިހާބުގައި ވާދަކުރެއްވުމަށް ނަން ހުށައެޅުއްވި ހަމައެކަނި ބޭފުޅަކީ ސައިފަށްވުމުންނެވެ.

ސައިފްގެ އިތުރުނ ްމޭޔަރކަމުގެ މަގާމަށް މިހާތަނަށް ޝައުގު ފާޅު ކުރައްވާފައިވަނީ:

  1. ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް
  2. ކުރީގެ ބަންޑާރަނައިބް އާއިޝަތު އާޒިމާ ޝަކޫރު
  3. ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު

މާލޭގެ މޭޔަރކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް އިންތިހާބުވެވަޑައިގެން، ވެރިކަމުގެ ހުވާ ނޮވެމްބަރ 17 ގައި ކުރެއްވުމާއިއެކުއެވެ. އާ ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށްޓަކައި، މޭޔަރުގެ އިތުރުން ކައުންސިލްގެ އިތުރު ތިން ކައުންސިލަރަކުވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: