ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫން މަހު ޒަކާތު ފަންޑުުން ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް ދެ ލައްކަ ރުފިޔާގެ އެހީ ދީފި

ޒަކާތް ބަލައިގަތުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި ޖޫން މަހު، ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން، ކެންސަރު ބައްޔަށް ފަރުވާކުރާ ފަރާތްތަކަށް އެހީގެ ގޮތުގައި 262،911 ރުފިޔާ ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ނިމިދިޔަ ޖޫން މަހު، ޒަކާތު ފަންޑުން 107 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ޒަކާތު ހައުސްއިން އާންމުކޮށްފައިވާ، ޖޫން މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޒަކާތު ހައުސްއިން ޖޫން މަހު 1.04 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ޖޫން މަހުގެ ތެރޭގައި އެހީގެ ގޮތުގައި ހަމަޖެހިފައިވަނީ ޖުމްލަ 870،957 ރުފިޔާއެވެ.

ޖޫން މަހު ޒަކާތު ފަންޑުން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރާ ފަރާތްތަކަށް އެހީ ދިނުމަށް ޓަކައެވެ. ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް ޓަކައި 262،911 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ހިތުގެ އޮޕަރޭޝަންކުރުމަށް 38،164 ރުފިޔާ، ކިޑްނީ ބަލިތަކަށް 97،531 ރުފިޔާ، އަދި ގުނަވަން ބަދަލުކުރުމަށް 25،443 ރުފިޔާގެ އެހީ ދީފައިވެއެވެ.

މީގެ އިތުރުން ސިކުނޑީގެ އޮޕަރޭޝަންތަކަށް 124،580 ރުފިޔާ، އަދި އެހެނިހެން ބަލިތަކަށް ޖުމްލަ 322،327 ރުފިޔާގެ އެހީ ދީފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެޑައިގެން ޒަކާތުގެ ކަންކަން ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް އުފައްދަވައި، ޒަކާތުގެ ހުރިހައި ކަމެއް ޒަކާތު ހައުސްއިން ކުރާ ގޮތަށް ވަނީ ހަމަޖައްސަވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: