ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުފެއްދުންތެރިކަން އިތުރުގެންދާނެ މިންވަރު ކުރީގެ އަންދާޒާތަކަށްވުރެ ދަށްވާނެ: އެމްއެމްއޭ

ގަވަރުނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް އިތުރުވެގެންދާ މިންވަރު ކުރިން އަންދާޒާކުރިވަރަށްވުރެ ދަށްވާނެކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން މި އަހަރުގެ ޖޫން މަހުގައި އާންމުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓްގައި ބުނެފައިވާގޮތުން އިސްލާހުކޮށްފައިވާ އަންދާޒާތަކުން ދިވެހިރާއްޖޭގެ ރިއަލް ޖީޑީޕީ އިތުރުވެގެންދާނެކަމަށް ކުރިން ލަފާކޮށްފައިވާ މިންގަނޑުތަކަށްވުރެ ދަށްވާނެކަމަށް ބެލެވެއެވެ. އެގޮތުން ކުރިން 5.5 އިންސައްތައިން އުފެއްދުންތެރިކަން އިތުރުވެގެންދާނެކަމަށް ލަފާކުރިނަމަވެސް މި އަހަރުގެ މޭ މަހުގެ އަންދާޒާތަކަށް ރިއާޔަތްކޮށް އުފެއްދުންތެރިކަން ހުންނާނީ 4.9 އިންސައްތައިގައިކަމަށް ބެލެވޭކަމަށާއި އެއީ ކުރިއަށްވުރެ ދަށް އަދަދެއްކަމަށް އިޝާރާތްކޮށްފައިވެއެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުން މިކަން ދިމާވެގެން އަންނަނީ 2023 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެކަމަށް ލަފާކުރި މިންގަނޑުތަކަށްވުރެ އަދަދުތައް ދަށްވުމުންނާއި އަންދާޒާކޮށްފައިވާ ގޮތަށް ކޮންސްޓްރަކްޝަނާއި ޓްރާންސްޕޮޓޭޝަން އަދި ކޮމިއުނިކޭޝަން ދާއިރާ މަޑުޖެހުމުންކަމަށްވެސް ބުނެފައިވެއެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުން އިގްތިސާދު ފުޅާވެގެންދާނެކަމަށް ކުރި އަންދާޒާތަކަށް ވާސިލުވެފައިނުވަނީ ކޮންސްޓްރަކްޝަން ދާއިރާ އާއި ޓުއަރިޒަމް ދާއިރާގެ މަސައްކަތްތައް މަޑުޖެހުމުންކަމަށެވެ. އަދި 2023ގައި އުފެއްދުންތެރިކަމުގެ މިންގަނޑުތައް ހިފެހެއްޓިގެންދިޔައީ ޓްރާންސްޕޯޓާއި ކޮމިއުނިކޭޝަން ދާއިރާގެ މަސައްކަތްތައް ފުޅާވުމުންކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: