ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ފަސް މެންބަރުންގެ ވަފުދެއް ޗައިނާއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވަފުދެއް ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

ކުންމިންގްގައި އޮންނަ އަށް ވަނަ ޗައިނާ ސައުތް އޭޝިއާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މި ރަސްމީ ދަތުރަށް ފަސް މެންބަރުންގެ ވަފުދެއް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ މި އެކްސްޕޯ ކުރިއަށް ދާނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ކޮމާސް މިނިސްޓްރީއާ ޔުނާން ޕްރޮވިންސް ސަރުކާރު ގުޅިގެން ބާއްވާ މި ހަރަކާތަކީ ޗައިނާ އާއި ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި އިގްތިސާދީ އަދި ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް މިއަހަރު ބާއްވާ އެންމެ މުހިންމު އެއް ހަރަކާތަށް ވާނެ ކަމަށް ބެއިޖިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމާސް މިނިސްޓްރީގެ ވައިސް މިނިސްޓަރު ލީ ފެއި ވިދާޅުވިއެވެ.

މި އެކްސްޕޯ އެންމެ ފުރަތަމަ ބާއްވާފައިވަނީ 2013 ވަނަ އަހަރު ޗައިނާއިން ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ކުރިއަށް ގެންދިޔަ އަހަރެވެ. ލީ ވިދާޅުވީ ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި ޗައިނާ އާއި ދެކުނު އޭޝިއާގެ ގައުމުތަކުން އެކި ދާއިރާތަކުން އަމަލީ ގޮތުން ގުޅުން ބަދަހިކޮށް، އިގްތިސާދީ އަދި ވިޔަފާރީގެ މުއާމަލާތްތަކުގައި ތަރައްގީގެ ހަރުދަނާ ހަރަކާތެއް ދަމަހައްޓައި، ގައުމުތަކުގެ ރައްޔިތުންނަށް އޭގެ ފައިދާ ހޯދައިދީފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: