ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ އާއި ރާއްޖޭގެ ދެމެދު އޮތީ ރަހުމަތްތެރިކަމާއި އެއްބާރުލުން: ޗައިނާގެ ފޮރިން މިނިސްޓަރު

ޗައިނާ އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާ އަދި ރާއްޖޭގެ ދެމެދު އެއްވެސް މައްސަލައެއް ނެތްކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތީ ހަމައެކަނި ރަހުމަތްތެރިކަމާއި އެއްބާރުލުން ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ވޭންގް ޔީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފޮރިން މިނިސްތަރ މޫސާ ޒަމީރު އަދި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބުގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންވެސްވަނީ ރަސްމީ ދަތުރެއްގައި ޗައިނާއަށް ޒިޔާރަތްކުރައްވާފައެވެ. އަދި ރާއްޖެއާއި އެ ގައުމުގެ ހާރިޖީ ވުޒާރާގެ އިސްވެރިން ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށް ގޮސްފައިވާއިރު، އެ ގައުމުގެ ފޮރިން މިނިސްޓްރީއިން ވަނީ މި ކަމުގެ ތަފްސީލުތައް މީޑިއާތަކާއި ހިއްސާކޮށްފައެވެ.

ވޭންގް ވިދާޅުވީ، ޗައިނާއިން ތައްޔާރުވަމުންދަނީ ގުޅިގެން މަސައްކަތްތައް ކުރުމަށް އައު ފުރުސަތުތައް ހުޅުވާލުމަށްކަމަށެވެ. އެގޮތުން ޗައިނާގެ ވެރިކަން ކުރާ ޕާޓީ، ކޮމިިއުނިސްޓް ޕާޓީ އޮފް ޗައިނާއިންވަނީ 300 އަށްވުރެ ގިނަ އިސްލާހީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިކަމަށްވުމުން، އެއީ ޗައިނާިއން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބޮޑެތި ފުރުސަތުތަކެއް ހުޅުވާލާނެކަމުގެ ސާފު އިޝާރާތެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތްތާނގައި ކުރުމަށް ކަނޑައެލީފައިވާ މަސައްކަތްތަކުގެ ސަބަބުން ދުނިޔޭގެ ހުރިހާ ގައުމަކާއިއެކުވެސް މަސައްކަތްތައް ކުރުމަށް ފުރުސަތު ފަހިވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށާއި އެ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނޭނެކަމަށެވެ.

ވޭންގްވަނީ ދިވެހިރާއްޖެއާއި ދެމެދު ހާރިޖީ ގުޅުންތައް ދަމަހައްޓަމުން އަންނަތާ 52 އަހަރު ވެފައިވާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އަދި އޭރުން ފެށިގެންވެސް ދެގައުމުންވަނީ އިހުތިރާމާއި އެއްބާރުލުން ދިނުމުގެ މަތީގައި ދެތިބެފައިކަމަށާއި، ދެ ގައުމުންވަނީ ހަމަހަމަ ކަމާއިއެކު އަމަލުކުރުމާއި ދެފަރާތަށްވެސް ފައިދާވަނިވި މަސައްކަތްތަކެއް ކުރުމުގައި މިސާލު ދައްކާފައިކަމަށްވެސް ވިދާޅުވިއެވެ.

ވޭންގް ވިދާޅުވީ، ރާއްޖެއާއި ޗައިނާގެ ދެމެދު އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު އޮތީ ހަމައެކަނި ރަހުމަތްތެރިކަމާއި އެއްބާރުލުން ދިނުންކަމަށްވެސް ވިދާޅުވިއިރު، އޭނާވަނީ ޗައިނާއިން ރާއްޖޭގެ އިގްތިސާދުގެ އިތުރުން އިޖްތިމާއީ މަސައްކަތްތައްވެސް ކުރިއަށް ގެންދިއުމުގައި އެއްބާރުލުން ދިނުމަށް ތައްޔާރުކަން ހާމަކުރައްވާފައެވެ. އަދި އެ ގައުމުގެ ގާބިލުކަން ހުރި މިންގަނޑަކުން ރާއްޖޭ މިނިވަން ދެމެހެއްޓިނިވި ދައުލަތެއްގެ ގޮތުގައި ބިނާކުރުމަށްވެސް އެހީތެރިކަން ދޭނެކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޗައިނާއިން ރާއްޖެއާއި ދެމެދު ކުރެވެންދާ މަލްޓިލެޓަރަލް މަސައްކަތްތައްވެސް އިތުރަށް ވަރުގަދަ ކުރަން އެދޭކަމަށެވެ. އަދި ދެ ގައުމު ގުޅިގެން ބައިނަލްއަގުވާމީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރުމުގެ އިތުރުން ކުރިއަރަމުންދާ ގައުމުތަކުގެ ޝައުގުތައް ކުރިއަރުވައި ސަރަހައްދީގޮތުން އަމާންކަން ގާއިމުކުރުމަށްވެސް އެކުގައި މަސައްކަތްކުރަން ބޭނުންވާކަން ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: