ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ސައިކަލަށް ގެއްލުންދިން މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީ އިތުރު ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައާ ގުޅިގެން ދެ މީހުން ހައްޔަރުކޮށް އެ ދެމީހުންގެ ވަނަވަރު އާންމު ކޮށްފިއެވެ.

ފުލުހުން މިއަދު ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ ނ. ހެނބަދޫ ޕޮލިސް ޕޯސްޓްގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުންދޭނެ ކަމަށްބުނެ އިންޒާރުދީ، ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީ އިތުރު ފުލުހެއްގެ ސައިކަލު ރޯކޮށްލި މައްސަލައިގައި ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުންގެ ވަނަވަރާއެއްކޮށް ހިއްސާ ކޮށްފައިވާ އެ ޕޯސްޓުގައި އެ ދެ މީހުންގެ ފޮޓޯ ވެސް ހިއްސާކޮށްފައިވެއެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. ހެނބަދޫ، ސެލްވިޔޯ، އުމުރުން 33 އަހަރުގެ އިލްޔާސް އިބްރާހިމް އަދި ނ. ހެނބަދޫ ހުދުތަރި، އުމުރުން 33 އަހަރުގެ މުހައްމަދު އިރުޝާދެވެ.

ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް އޮގަސްޓު އެއް ވަނަ ދުވަހު ގެއްލުންދީ އަދި އިތުރު ފުލުހެއްގެ ސައިކަލުގައި ދެވަނަ ދުވަހުގެ ރޭ ދަންވަރު ރޯކޮށްލާފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވިއެވެ.

ޝިފާން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް ގެއްލުން ދީ އިތުރު ފުލުހެއްގެ ސައިކަލުގައި ރޯ ކޮށްލާފައިވަނީ ނ. އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ދެކޮޅަށް، އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ޝިފާން ވިދާޅުވީ އެފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަން މިފަދަ ވިސްނުމުގައި އަމަލުކުރަމުންދާ ފަރާތްތަކަށް ހަނދާންކޮށްދޭ ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ބަލާއިރު ކޮންމެ މަހަކުވެސް 10 ކިލޯއަށް ވުރެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.

އެގޮތުން އެކި އޮޕަރޭޝަންތަކުގައި މިއަހަރުގެ މިހާތަނަށް 62 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، އެތަކެތީގެ އަގު 143 މިލިއަން ރުފިޔާއަށްވުރެ ބޮޑު ކަމަށްވެސް ނާހިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: