ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަންގެ އޮފިސަރުންގެ ނަމުގައި ވަދެ ފޭރުނު މައްސަލައިގައި އެކަކު ހައްޔަރުކޮށްފި

އިމިގްރޭޝަންގެ އޮފިސަރުންގެ ނަމުގައި ވަދެ ފޭރުނު މައްސަލައިގައި އެކަކު ހައްޔަރުކުރި މީހާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަންގެ އޮފިސަރުންގެ ނަމުގައި ތިން މީހަކު ވަދެ، ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލަ ބަލަން ފަށައިފިއެވެ.

އިމިގްރޭޝަންގެ އޮފިސަރުންގެ ނަމުގައި ވަދެ އެ ބިދޭސީ މީހާގެ އަތުން 9،000 ރުފިޔާ ފޭރިފައިވާއިުރ، މޯބައިލް ފޯނެއްވެސް ނަގާފައިވެއެވެ. މިކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ 16 ސެޕްޓެމްބަރުގައެވެ.

މިހާރު މި މައްސަލައިގައި އެކަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްރުކޮށްފައިވަނީ އުމުރުން 44 އަހަރުގެ މާލެ ގ. ބެރުގެ މުހައްމަދު ނަވީންއެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން އިތުރަށް ބުނީ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

މިކަން ހިންގާފައި މިވަނީ އިމިގްރޭޝަންއިން ނުގަވާއިދުން އުޅޭ ބިދޭސީއިންނާއި ދެކޮޅަށް ބޮޑު އޮޕަރޭޝަންއެއްވެސް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: