ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަން ހިންގާ ނިމުނީމައި، ދެން އެ މައްސަލަތައް ފަހަތުން ދުވެގެން ހައްލެއް ނުލިބޭނެ: ޑރ ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ފަސް އަހަރަކުން، ފަސް އަހަރަކުން ކޮރަޕްޝަންގެ މައްސަލަތައް ބަލައިގެން ހައްލެއް ނުލިބޭނެކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަމްހީދު މިހެން ވިދާޅުވީ މާލިއްޔަތު ކޮމިޓީއިން ވައްކަމުގެ މައްސަލަތައް ހާމަވާ ގޮތަށް ހުށައަޅާފައި އޮތް ރިޕޯޓަކަށް ބަހުސް ކުރައްވަމުންނެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާއި ގުޅޭ ރިޕޯޓުން 2018 ވަނަ އަހަރާއި 2020 ވަނަ އަހަރާއި ދެމެދު، މި މުއާމަލާތުގައި ކޮރަޕްޝަން ހިންގާފައިވާކަން ހާމަވާކަމަށް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ. ޑރ ޝަމްހީދު ވިދާޅުވީ މިފަދަ ނަހަމަ މުއާމަލާތްތަކެއް މީގެ ކުރީގައިވެސް ހިނގާފައިވާކަމުގެ މައުލޫމާތު ލިބޭކަމަށެވެ.

އަޅުގަނޑު މި ރިޕޯޓާއި ބެހޭ ގޮތުން ކޮމިޓީގައި، އަޅުގަނޑުގެ ބަހުސްގައި، އަޅުގަނޑު މައިގަނޑުކޮށް ކޮމިޓީގެ މެންބަރުންނަށް ވިސްނައިދޭން އުޅުނީ އަޅުގަނޑުމެން އަބަދުވެސް ފަސް އަހަރުން، ފަސް އަހަރުން ފަހަތުން، މިދިޔަ ފަސް އަހަރު ހިނގި ކޮރަޕްޝަން މިއަދު ބަލަން، އަިދ މި ފަސް އަހަރު ހިނގި ކަންކަން 2028 ގެ ފަހުން ބަލަން، މިހެން މިގޮތަށް މިކަން ކޮށްގެން ކޮރަޕްޝަނެއް މި ދިވެހިރާއްޖެއަކު ނުހުއްޓޭނޭ.

ޑރ ޝަމްހީދު ވިދާޅުވިއެވެ.

ޑރ ޝަމްހީދު ވިދާޅުވީ ކޮންމެ ފަސް އަހަރެއް ނިމުމުން، އެ ފަސް އަހަރެއްގައި ހިނގައި ދިޔަ ކަންކަން ބެލުމުން ރާއްޖެއިން ކޮރަޕްޝަންގެ މައްސަލަތަކެއް ނުހުއްޓުވޭނެކަމަށެވެ. އެގޮތުން މި ވެރިކަމުގެ ކަންކަން 2028 ވަނަ އަހަރަށްފަހު ބެލުމުން ހައްލު ނުލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި އެންސިސް ކުންފުނިން ހުޅުވި ކޭނަރީ، ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ދަށަށް ގެނައުމުގެމަސައްކަތް ސަރުކާރުގެ ވަކި ބަޔަކަށް ފައިދާވާން ގޮތުގެ ތުހުމަތު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ކުރައްވާފައެވެ. ޑރ ޝަމްހީދު ވިދާޅުވީ ދައުލަތުގެ އެންމެ އިސް މަގާމު ފުރުއްވާފައި ތިބި ބޭފުޅުން ދައްކަވާ ވާހަކަތައް ބަލަން ޖެހޭކަމަށެވެ.

ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވޭނީ އެކަމެއް ހިނގަނިކޮށް ފިޔަވަޅު އަޅައިގެންކަމަށާއި، ކޮރަޕްޝަން ހިންގީމައި ދެން އެކަން ފަހާ ދުވެގެން ނޫންކަމަށް ވިދާޅުވެ ޝަމްހީދު ވަނީ މި ސަރުކާރުގައި ހިނގާ ސުވާލުއުފެދޭ ކަންކަން ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: