ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީޗަރުންނަށް ކުރާ އިހުތިރާމާއި ގަދަރު ކުޑަވުމުން، ވަޒީފާގައި ދެމިތިބުމަށް ހުރަސްއެޅޭ: ޑރ.އައިޝަތު އަލީ

ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަހެއް ފާހަގަކުރަމުންދާއިރު ދުނިޔޭގެ އެކި ގައުމުތަކިގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޓީޗަރުންނަށް ދޭ ގަދަރާއި އިހުރިރާމް ކުޑަވެފައިވުންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މުދައްރިސުންގެ ދުވަހާއި ގުޅުވާ ޑރ.އައިޝަތު އާންމު ކުރެއްވި ބަޔާނުގައި ބުނެފައިވަނީ ކޮންމެ މީހަކުވެސް ކުރިއަރާ ދިއުމުގައި މުދައްރިސުން އިސްރޯލެއް އަދާ ކުރާކަމަށެވެ. ހަޔާތުގެ ކޮންމެވެސް ހިސާބަކުން އެ ދިމާވާ ޓީޗަރަކީ ތިމާގެ ފިކުރާއި، ހިޔާލު އަދި ކުރިމަގު އެކީ އުޖާލާކޮށްދޭ އެދުރެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މުދައްރިސު ކަމަކީ އޭގެ ހެޔޮކަން އެތައް ޒަމާނަކަށް ދެމިގެންދާ މަސައްކަތެއްކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ރަނގަޅު އެތައް މުދައްރިސެއްގެ ހިޔާދަށުން އެދުރުވެފައިވާ ކަމިޔާބު މީހުން އެބަތިބި ކަމަށެވެ.

ދުވަހާއި ގުޅުވައިގެން ޓީޗަރުންގެ ހައްގުގައި މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކަށް މިނިސްޓަރ ވިދާޅުވީ ޓީޗަރުންގެ މުސާރަ ކުޑަވުމާއި، ދެވޭ އިހުތިރާމައި ގަދަރު ކުޑަވުމަކީ ގައުމުތަކުގައި އިތުރުވަމުން އަންނަ މައްސަލައެއް ކަމަށެވެ. މުދަރިސުން ވަޒީފާގައި ދެމިތިބުމަށް، ގިނަ ފަހަރަށް އޮތް ހުރަހަކީވެސް އެއީ ކަމަށާއި އޭގެ ސަބަބުން ގިނަ ފަހަރަށް މުދައްރިސުންނަށް ކިޔަވައިދިނުމުގެ ދާއިރާގައި ކުރިއެރުމެއް ނެތްކަމަށް ވިސްނި ނުތަނަވަސް ވާ ކަމަށެވެ. އަދި ވަޒީފާ މަތީންވެސް ފޫހިވާ ކަމަށެވެ.

މުޅި ދުނިޔޭގައި މުދައްރިސުން ވަޒީފާ ދޫކުރާ ނިސްބަތް މަތިވެފައިވާ ކަން ފާހަގަކުރައްވައި އެކަމާއިމެދު އެންމެންވެސް ވިސްނައި ފިކުރު ކުރަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަދުރަސާތަކުގައި ކިޔަވައިދޭން ހަރަކާތްތެރިވުމަށް މުދައްރިސުންގެ އައު ޖީލެއް އުފެދިގެން ނުގޮސްފި ނަމަ، ދަރިވަރުން ކިޔެވުމުން މަހުރޫމްވެގެން ހިނގައިދާނެ ކަމަށާއި ދަރިވަރުންނަށް ފުރިހަމަ ތައުލީމަށް ލިބުމަށްވެސް މަހުރޫމްވެގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދީންނާއި ރެފިއުޖީންނާއި ގިނަ ބަސްދަންނަ ދަރިވަރުންނަށް އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް މަދުކަމަށެވެ. މުދައްރިސުން ކުރައްވާ ބުރަ މަސައްކަތަކީ މަތިވެރި ގުރުބާނީ އެއްކަން ފާހަގަކޮށް އަދި ބައެއް ފަރާތްތަކުން ކުރިއަރައިގެން ގޮސްފައިވަނީ ތައުލީމީ މަރުހަލާގައި ދިމާވެފައިވާ މުދައްރިސުންގެ ސަބަބުންކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: