އިސްލާމް ދީނުގައި ކަންކަން އޮންނަ ގޮތާއި ގުޅޭގޮތުން ލިޔެފައިވާ ވާހަކަތަކަކީ ދީން، ދަންނަ ބޭފުޅުން ބަހުސް ކުރައްވާ ކަންތައް ކަމަށާއި އެފަދަ ކަންކަމަށް އާއްމު މީހުން ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ލިއެފައިވާ ރިޕޯޓުގައި ގޯސް ވާހަކަތަކެއް ހުރި ކަމަށް ނަޝީދު ވިދާޅުވީ، އެ ރިޕޯޓާ ގުޅޭ ގޮތުން އެންމެ ފުރަތަމަ އެމަނިކުފާނު ވެސް ކުރެއްވި ޓުވީޓަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ ރިޕޯޓްގައި ނުރަނގަޅު ވާހަކަތަކެއް ހުރިކަން ރައީސް ނަޝީދު އެއްބަސްވެވަޑައިގެންނެވީ އެ ރިޕޯޓު ވިދާޅުވުމަށް ފަހުއެވެ. އެމްޑީއެންގެ ރިޕޯޓްގައި ހުރި ވާހަކަތައް ނަޝީދު ކުށްވެރި ނުކުރެއްވުމުން ފާޑުކިޔުން އަމާޒުވެފައި ރައީސް ނަޝީދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ރިޕޯޓުގައި މާތްﷲ އާއި ކީރިތި ރަސޫލާއާއި ބެހޭގޮތުން އެކަށީގެން ނުވާ ބަސްތައް ގެނެވިފައިވާކަމަށެވެ. އަދި އެއީ މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫންކަމަށް އެމަނިކުފާން ވިދާޅުވިއެވެ.
https://twitter.com/MohamedNasheed/status/1180742060522885121
އެމްޑީއެން އިން “ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ކަންކަން ފާހަގަކޮށްފައިވެ އެވެ. ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ދީނުގައި އަންގަވާފައިވާ ކަންކަމަށް ހަޖޫޖަހާފައިވާ އެ ރިޕޯޓު އެންޑީއެމްއިން ނަގާފައިވަނީ އާއްމުންގެ ފާޑުކިޔުން އަމާޒުވުމުން “ދީނީ އިލްމުވެރިއެއްގެ” އެހީގައި އަލުން ރިޕޯޓު ނެރޭނެ ކަމަށް ބުނެއެެެވެ.
https://twitter.com/MohamedNasheed/status/1180498233757356032
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާ މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.
ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަތަކެއް ހުރި ކަމަށެވެ. އަދި އެފަދަ ވާހަކަތަކުގެ ގޮތުގައި ލިޔެފައި ވަނީ ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެެއް ކަންތައްތަކެވެ.
ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ސުންނަތުުން އައިސްފައިވާ ކަންތައްތަކަށް ރިޕޯޓްގައި ދެކޮޅު ހަދާފައިވާ ކަމުގެ އެއް މިސާލަކީ ދޫ ރައްކާތެރި ކުރުމުގެ ގޮތުން ތިމާއާ ނުބޭ ކަންކަމާ ނުބެހުމަށް އަންގަވާފައިވާ ހަދީސެވެ. ރިޕޯޓްގައި ބުނެފައި ވަނީ އެއީ ޑިމޮކްރަސީގެ އުސޫލެއްް ކަމަށްވާ ޚިޔާފާޅުކުރުމުގެ މިނިވަންކަމާ ތައާރުޒުވާ ކަމެއް ކަމަށެވެ.
ރިޕޯޓާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކާއި ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީޡްފުޅުތަކަށް ފާޑުކީ މައްސަލައެއް އާންމު ފަރާތަކުން ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.