ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ އިހުތިސޯސުން ބޭރުންކޮށްފައިވާ ކަންކަމުގައި ބައިވެރިވެފައިވާ ފަނޑިޔާރުންގެ މައްސަލަ ބަލަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ޖޭއެސްސީން ބަލަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން، އެ ކޯޓުގެ އިހުތިސޯސުން ބޭރުންކޮށްފައިވާ ކަންކަމުގައި ބައިވެރިވެފައިވާ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ކޮމިޝަންގެ 69 ވަނަ ބައްދަލުވުން ބާއްވާ، އެކަމާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް ޖޭއެސްސީއިން ބުނެފައިވަނީ، މައްސަލަ ބެލުމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުން އިހުތިސޯސުން ބޭރުންކޮށްފައިވާ ކަންކަން ބެލުމަށް އެ ކޮމިޝަނުން އެކުލަވާލި ކޮމިޓީގެ ރިޕޯޓުގައި ހިމެނޭ މައްސަލަތަކުގައި ހިމެނޭ ފަނޑިޔާރުން ކަމަށެވެ. އެ މައްސަލައިގެ ތެރޭގައި ހިމެނޭ ފަނޑިޔާރުންގެ ނަންތައް ހާމަނުކޮށް ޖޭއެސްސީއިން ބުނެފައިވަނީ ކޮމިޝަނުން އެގޮތަށް ނިންމުމުގައި ސައުތް އެފްރިކާގެ ޖަސްޓިސް ޔޮހާން ކްލީގްލަރ އޭނާގެ މަސައްކަތް ފުރިހަމަ ކުރުމަށްފަހު ހުށަހަޅާފައިވާ “އެސެސްމެންޓް އޮފް ދަ ޖަސްޓިސް ސެކްޓާރ ރީފޯމް ޕްރޮޕޯޒަލްސް” ރިޕޯޓަށް ރިޔާއަތް ކޮށްފައިވާނެ ކަމަށެވެ. ރިޕޯޓުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރުމަށް ޔޮހާން ލަފާ ދެއްވާފައިވާއިރު، ޔޮހާން ފާހަގަކުރި ކަންތަކުގެ ތެރެއިން އިތުރު ކަމެއް ފާހަގަ ކުރެވިއްޖެނަމަ އެކަމެއް ވެސް ބަލާނެ ކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓުން ބައެއް ދުސްތީރީ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތަކާއި ގުޅިގެން ޖޭއެސްސީގެ މައްސަލަތައް ކުރިޔަށް ގެންދިއުމުގައި ކުރިމަތިވާ ދަތިތައް ފާހަގަކޮށް މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއާއި މަޝްވަރާ ކުރުމަށް ނިންމާފައެވެ.

ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުގެ ބައެއް ދުސްތޫރީ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތަކާ ގުޅިގެން ޖޭއެސްސީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ކުރިމަތިވާ ދަތިތައް ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއާ މަޝްވަރާ ކުރުމަށް ވަނީ ނިންމާފަ އެވެ. ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓާއި ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް އެ ޑޮކިއުމެންޓު ރައްޔިތުންގެ މަޖިލީހާއި ވެސް ހިއްސާކޮށްފައެވެ. ޖޭއެސްސީން އެކުލަވާލި ރިޕޯޓުގައި 17 މައްސަލައެއް ފާހަގަކޮށްފައިވެއެވެ.

ޖޭއެސްސީއިން ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ކާނަލް އަހުމަދު ނާޒިމްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށް، އެ މައްސަލަ ސުޕްރީމްކޯޓުގައި އިސްތިނާފް ކުރުމުގެ މުއްދަތު ހަމަވިތާ ހަތް މަސް ދުވަސް ފަހުން ދައުލަތުން ކުރި އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިގަނެ ނާޒިމްގެ ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު އެނިންމުން ތިން އަހަރު ފަހުން އަލުން ބަލައި ބަދަލު ކުރީ ގާނޫނާއި ހިލާފަށެވެ.

މީގެ އިތުރަށް ރިޕޯޓުގައި ބުނީ އިސްތިސްނާފުކުރުމުގެ މުއްދަތު ކުޑަކޮށް، އެ މުއްދަތާ ގުޅޭގޮތުން ކޯޓު ތަކުގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާއި ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާތައް ސުޕްރީމް ކޯޓުން ބާތިލް ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

ރިޕޯޓުގައި ބުނެފައިވާގޮތުން ރައީސުންނާއި، ނައިބް ރައީސް އަދި ވަޒީރުންނާއި މިނިވަން މުވައްސަސާތަކުގެ މެމްބަރުންނާއި މަޖިލީހުގެ ރައީސުން އަދި ފަނޑިޔާރުންގެ އިތުރބާރު ނެތް ކަމާއި މެދު ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއް ސައްހަވާނީ އެ ނިންމުމެއް ސުޕްރީމް ކޯޓުން ކަނޑައެޅި އެ ނިންމުމަކީ ވެސް ގާނޫނާއި ހިޅާފު ނިންމުމެކެވެ.

މީގެކުރިން ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ހުންނެވި އަބްދުﷲ ދީދީގެ މައްސަލައެއް ބަލައި އޭނާ ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފަ އެވެ. އޭނާ މިހާރު ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ. އޭގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައެއް ބެލުމަށްފަހު އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ވެސް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: