ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަހިންދާގެ އިންޒާރު ރައީސަށް: “މިކަން ގާނޫނީ ކުރަން ނޫޅޭ، މާ ރީއްޗެއް ނުވާނެ”

އެމްޑީއެން ސަސްޕެންޑު ކުރުމުން، ޝަހިންދާގެ އިންޒާރެއް ސަރުކާރަށް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑެމޮކްރަސީ ނެޓްވޯކްއިން ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން، ޖަމިއްޔާ ސަސްޕެންޑު ކުރުމުގެ ސަބަބުން އެ ޖަމިއްޔާގެ ފައުންޑާ ޝަހިންދާ އިސްމާއިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް އިންޒާރެއް ދީފިއެވެ.

ޝަހިންދާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި މައްސަލައިގައި ގާނޫނީ ކަންކަން ފެށުން އެއީ މާ “ރީތި” ކަމެއް ނޫން ކަމަށެވެ. އަދި، ޖަމިއްޔާގެ ފަރާތުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް ޖަވާބު ދިނުމަށް “ނުކެރުނު” ކަމަށެވެ.

އެމްޑީއެން ސަސްޕެންޑް ކުރަން ނިންމާ ޔޫތް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޖަމިއްޔާ ސަސްޕެންޑް ކުރަން ނިންމީ ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި ސަސްޕެންޑްކުރީ ޖަމިއްޔާގެ މައްސަލާގެ ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށެވެ.

ނަމަވެސް، އެ ހަބަރު ރީޓްވީޓުކޮށް ރެޖިސްޓްރާއަށް އަމާޒުކޮށް ޝަހިންދާ ބުނީ ޖަމިއްޔާ ސަސްޕެންޑު ކުރުމުގެ ކަންތަކާއި އެއްވެސް ވަރަކަށް މަޝްވަރާކޮށްފައި ނުވާކަމަށެވެ. އަދި ޖަވާބުދާރީވުމަށް ވެސް ފުރުސަތު ދީފައި ނުވާ ކަމަށެވެ. ޔޫތު މިނިސްޓްރީން އެ ޖަމިއްޔާއަށް ފިޔަވަޅު އަޅާފައިވަނީ އުސޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ޝަހިންދާ ވަނީ އެ ވާހަކަ ދައްކަން ފަށައިފިނަަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބައިނަލްއަގްވާމީ ދުނިޔެއަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ބުނެފައެެވެ.

ޝަހިންދާ ބުނެފައިވާގޮތުން، ރައީސް ސޯލިހު ދެން ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) އާއި އެވެ. ޔުނިވާސަލް ޕީރިއަޑިކް ރިވިއު އަކީ ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ހުރި މިންވަރު ބެލުމަށް ބާއްވާ ސެޝަނެކެވެ.

https://twitter.com/HindhaIsmail/status/1182286425607331841

އެމްޑީއެން އިން “ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ކަންކަން ފާހަގަކޮށްފައިވެ އެވެ. ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ދީނުގައި އަންގަވާފައިވާ ކަންކަމަށް ހަޖޫޖަހާފައިވާ އެ ރިޕޯޓު އެންޑީއެމްއިން ނަގާފައިވަނީ އާއްމުންގެ ފާޑުކިޔުން އަމާޒުވުމުން “ދީނީ އިލްމުވެރިއެއްގެ” އެހީގައި އަލުން ރިޕޯޓު ނެރޭނެ ކަމަށް ބުނެއެެެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާ މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަތަކެއް ހުރި ކަމަށެވެ. އަދި އެފަދަ ވާހަކަތަކުގެ ގޮތުގައި ލިޔެފައި ވަނީ ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެެއް ކަންތައްތަކެވެ. ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ސުންނަތުުން އައިސްފައިވާ ކަންތައްތަކަށް ރިޕޯޓްގައި ދެކޮޅު ހަދާފައިވާ ކަމުގެ އެއް މިސާލަކީ ދޫ ރައްކާތެރި ކުރުމުގެ ގޮތުން ތިމާއާ ނުބޭ ކަންކަމާ ނުބެހުމަށް އަންގަވާފައިވާ ހަދީސެވެ. ރިޕޯޓްގައި ބުނެފައި ވަނީ އެއީ ޑިމޮކްރަސީގެ އުސޫލެއްް ކަމަށްވާ ޚިޔާފާޅުކުރުމުގެ މިނިވަންކަމާ ތައާރުޒުވާ ކަމެއް ކަމަށެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: