ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

” ރާއްޖެ ދުނިޔެ އެހެން ގައުމުތަކާއި އެކަހެރިވެފައި އޮތް އޮތުމަށް ނިމުމެއް ގެންނާނަން!”

ނާމް ސަމިޓްގައި މިނިސްޓަރ ޝާހިދު ވާހަކަފުޅު ދައްކަވައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތަކާއި ޖަމިއްޔާތަކާ އެކު ރާއްޖެ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ބައިނަލްއަޤްވާމީ ދުނިޔޭގައި ފައިހަމަކޮށް އެހެން ޤައުމުތަކާ އެއް ހަމައްގައި ރާއްޖެވެސް މަސައްކަތް ކުރާނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ސަމިޓްގެ އިސްވެރިންގެ ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުން ޝާހިދު ވިދާޅުވީ ދިވެހި ރާއްޖޭގެ ރައްޔިތުން އާ ސަރުކާރެއް ހޮވާފައިވަނީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ގާނޫނުނުތައް ނަގަހައްޓައި ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކުގެ މަތީން ކޮރަޕްޝަންއާއި ދެކޮޅަށް މަސައްކަތް ކުރުމަށް ކަމަށެވެ. ރާއްޖެއަށް ބިނާ ކުރުވަނި ތަރައްގީއެއް ގެނައުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުގެ ގޮތުގައި ވެސް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

ކުދި ޖަޒީރާ ރަށްތަކަކަށް ބަހާލެވިފައިވާ މި ރާއްޖެއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތައްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު އެކަން ހައްލު ކުރުމަށް ހުރިހާ ގައުމެއް ވެސް އެކީ މަސައްކަތް ކުރަންޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ. 2050 އާއި ހަމައަށް 200 މިލިއަނެއްހާ މީހުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރެފިއުޖީންނަށް ވާނެ ކަމަށް ވޯލްޑްބޭންއިން ލަފާކޮށްފައިވާކަން ފާހަގަކޮށް ޝާހިދު ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ މޫސުމީ ބަދަލުތަކަށް އޭގެ މާ ކުރިން ހައްލެއް ބޭނުންވާ ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖެ އަށް ދެން އެންމެ ބޮޑު ނުރައްކަލަކީ ޓެރަރިޒަމްގެ ނުރައްކަލެވެ. ޓެރަރިޒަމްގެ ނުރައްކަލަކީ މިހާރު ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑެތި ނުރައްކާތައް ގޮތުގައި ސިފަ ކުރައްވައި ޝާހިދު ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ހުރިހާ ގައުމުތަކުން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށެވެ. އިޒްރޭލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެ ހިންގަމުން އަންނަ ޖަރީމާތަކާއި ދެކޮޅަށް އަޑުއުފުލާ ޝާހިދު ވިދާޅުވީ ރާއްޖެއިން އަބަދުވެސް ތާއީދު ކުރަނީ ފަލަސްތީނާއި އިޒްރޭލް ދެ ދައުލަތެއްގެ ގޮތުގައި އޮތުމަަށް ކަމަށެވެ.

މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް ރާއްޖޭގެ ވެރިކަމުގެ ހުވާކުރެއްވިފަހުން ދިވެހިރާއްޖެއަށް އެދެވޭ ހެޔޮބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން އެންމެ ފާހަގަކުރަންޖެހޭ ކަމަކީ ބައިނަލްއަޤްވާމީ ދުނިޔޭގައި ފައިހަމަކުރުމަށް ކުރަމުންދާ މަސައްކަތްތައްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދުނިޔެއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރަމަށް އެހެން ޤައުމުތަކާ އެއްސަފެއްގައި ދިވެހިރާއްޖެއިން މަސައްކަތްކޮށް ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުންދެއްވާނެކަމަށް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: