ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ މާލޭ މޭޔަރުގެ ކެންޑިޑޭޓަކަށް މޫސާ އަލީ ޖަލީލު

ރައީސް ޑރ މުހައްމަދު މުއިއްޒު މޫސާ އަލީ އަލީލްއަށް ނިޝާން އިއްޒަތުގެ ޝަރަފް އަރުވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް ކުރިމަތިލެއްވީ އެންމެ ބޭފުޅެއް ކަމަށް ޕާޓީން ހާމަކުރުމާއެކު، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރިޓަޔާޑް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލަށް އެ ކެންޑިޑޭޓްކަން ކަށަވަރުވެއްޖެ އެވެ.

މިކަން ކަށަވަރުކޮށްދިނީ ޕީއެންސީގެ ބައެއް އިސް މަސްދަރުތަކުންނެވެ. މޫސާ އަލީ ޖަލީލަކީ ރާއްޖޭގެ ދިފާއީ ބާރުގައި ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މާސާ އަލީ ޖަލީލަށް ޕީއެންސީގެ މާލެ ސިޓީ މޭޔަރ ޓިކެޓް ޔަގީންވިކަން ހާމަވީ އަންނަ އަހަރުގެ އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ޕީއެންސީން ވާދަކުރާ ކެންޑޭޓުން ހޮވަން ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެ ހަމަވުމާ ގުޅިގެން ބުދަ ދުވަހު ޕީއެންސީން  ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މި އިންތިހާބުގެ ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އަދި ޕީއެންސީގެ ޕާލިިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް ކުރިމަތިލެއްވީ އެންމެ ބޭފުޅެއް ކަމަށެވެ.

”މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން މި ހުރީ އެއް ކެންޑިޑޭޓެއް. ދެން އަޅުގަނޑު ނުދެންނެވިޔަސް ތިބޭފުޅުންނަށް އެ ބޭފުޅާއަކީ އާ ނަމަކަށް ނުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،“ ފަލާހު ވިދާޅުވި އެވެ.

ފަލާހު އިތުރަށް ވިދާޅުވީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު 13،000އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ލޯކަލް ކައުންސިލް އިންތިހާބެއްގައި ޕާޓީއެއްގެ ޕްރައިމަރީއަކަށް މިހާ ގިނަ މީހުން ކުރިމަތިލި ފުރަތަމަ ފަހަރުކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މިފަހަރު ޕީއެންސީ ވެގެން ދާނީ ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރޭނެ ޕާޓީއަށް ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕްރައިމަރީއަށް ލިބުނު މި ބޮޑު ތަރުހީބަކީ ”ޕާޓީއަށް ރައްޔިތުންގެ އޮތް ލޯތްބާއި އިތުބާރު“ ދައްކުވައިދޭ ކަމެއް ކަމަށެވެ.

ޕީއެންސީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ވޯޓުލުން އޮންނާނީ ހެނދުނު 9 އިން ހަވީރު 4 އަށެވެ. ވޯޓު ލެވޭނީ އެމީހަކު ނިސްބަތްވާ ރަށަކަށެވެ. ފަލާހު ވިދާޅުވި ގޮތުގައި އިންތިހާބުގެ ހުރިހާ މަސައްކަތެއް ވެސް ދާނީ ދެފުށް ފެންނަ ގޮތަކަށް، ކެންޑިޑޭޓުންނަށް އިންސާފާއި ހަމަހަމަކަން ލިބޭނެ ގޮތަކަށެވެ.

އޭނާ ވަނީ މިފަހަރުގެ ކައުންސިލް އިންތިހާބު ޕީއެންސީން ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ފަލާހު ވިދާޅުވީ މިހާތަނަށް ސަރުކާރު ހިންގާ އެއްވެސް ޕާޓީއަކަށް ކައުންސިލް އިންތިހާބެއް ކާމިޔާބު ކުރެވިފައި ނުވާ ކަމަށާއި، ނަމަވެސް ޕީއެންސީން އެ ތާރީހު ބަދަލުކޮށް، ފުރަތަމަ ފަހަރަށް ސަރުކާރު ހިންގާ ޕާޓީއަކުން ކައުންސިލް އިންތިހާބު ކާމިޔާބުކުރާނީ މިފަހަރު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: