ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ މެޑިކަލް ޗެކަޕަށްފަހު، އަނެއްކާވެސް މާލޭ ޖަލަށް!

ރައީސް ޔާމީންގެ މެޑިކަލް ޗެކަޕަށްފަހު، އަނެއްކާވެސް މާލޭ ޖަލަށް- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މެޑިކަލް ޗެކަޕެއް އައިޖީއެމްއެޗް ހޮޕިސްޓަލުން ހެދުމަށް ފަހު އަނބުރާ ޖަލަށް ގެންގޮސްފިއެވެ.

އާއްމުގޮތެއްގައި ޖަލު ހުކުމް ކުރާ މީހުންގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކާ މެޑިކަލް ޗެކަަޕެއް ހަދާނެއެވެ. ރައީސް ޔާމީން އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ، މިއަދުގެ ހެނދުނުއެވެ.

ކަރެކްޝަނަލް ސާވިސްގެ އޮފިޝަލް ވިދާޅުވީ ރައީސް ޔާމީން ހުންނެވީ މާލޭގައި ޖަލުގައި ކަމަށެވެ. އަދި އެމަނިކުފާނު ހުކުމް ތަންފީޒުކުރައްވާނެ ޖަލެއް ކަނޑައަޅާނީ، އާއްމު އުސޫލުން މެޑިކަލް ޓެސްޓްތައް ހެދުމަށް ފަހުގައި ކަމަށް ވިދާޅުވި އެވެ. އެހެން ކަމުން، ނަތީޖާތައް ލުބުނުހާ އަވަހަށް ރައީސް ޔާމީން އެހެން ޖަލަކަށް ބަދަލު ކުރެވޭނެއެވެ.

ޖަލަށް ހުކުމް އިއްވި، ކުރީގެ ރައީސުންނާއި ސިޔާސީ ބޭފުޅުން ހުކުމް ތަންފީޒު ކުރައްވާފައި ވަނީ މާފުށީ ޖަލުގަ އެވެ. ކްރިމިނަލް ކޯޓުގެ ބެންޗުގައި ތިއްބެވި ފަސް ފަންޑިޔާރުންގެ އިއްތިފާގުން ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށެވެ.

މައްސަލައިގެ ހުކުމް އިއްވަން ބޭއްވި އަޑުއެހުމުގައި، ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި ކަން އެނގޭ ކަމަށެވެ. އަދި އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ބެލެވޭ ކަމަށް އޭސީސީން ރައީސް ޔާމީނަށް އަންގަވާފައިވާ ޝަރީއަތަކަށް ނެގި ހެކިންގެ ހެކިބަހުން އެނެގޭ ކަމަށެވެ. އެކަމަކު އެސްކްރޯ އެކައުންޓަށް ޖަމާކުރީ ޝައްކު އުފެދޭ ފައިސާގެ ބަދަލުގައި އެހެން ފައިސާތަކެއް ކަން ހެކިތަކުން އެނގޭ ކަމަށް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މީގެއިތުރުން އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ގދ. ވޮޑެމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެން ޖެހޭ ފައިސާ ކަމަށް އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ވިދާޅުވެފައިވާ ކަމާއި އެ ފައިސާ ލިބުން ލަސްވެގެން ރައީސް ޔާމީން ގުޅުއްވި ކަމަށް ވެސް ވިދާޅުވި ކަމަށް ހުކުމް އިއްވަމުން ގާޒީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: