ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނުގެ ތަސައްވުރު ހުތުރު ކުރަންކުރާ މަސައްކަތްތަކާ މެދު، މުޖްތަމައު ފަރުވާތެރިވާންޖެހޭ: ރައީސް

ދީނުގެ ތަސައްވުރު ހުތުރު ކުރަންކުރާ މަސައްކަތްތަކާ މެދު، މުޖްތަމައު ފަރުވާތެރިވާންޖެހޭ: ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނުގެ މަތިވެރި ޢަޤީދާގައި ސާބިތުވެ ތިބުމަކީ، ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް، ދީނީ އަދި ގައުމީ ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބަތުގައި ދެއްވި މީގެ 893 އަހަރު ކުރިން، މާތް ﷲ ގެ އެއްކައުވަންތަކަމުގެ އަގީދާއިން ދިވެހިންގެ ހިތްތައް އުޖާލާ ވެގެން ދިޔަ މަތިވެރި ހަނދާންތައް ރައީސް ސޯލިހް ވަނީ އާ ކުރައްވާފައެވެ. އަދި ރާއްޖެއަށް ލިބިފައިވާ ހުރިހާ ނިއުމަތްތަކެއްގެ ތެރެއިން އެންމެ މަތިވެރި އަދި އެންމެ އަގު ބޮޑު ނިއުމަތަކީ، އިސްލާމް ދީނުގެ މަތިވެރި ނޫރުން ދިވެހިންގެ ހިތްތައް އުޖާލާ ކޮށްދެއްވުންކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، ދީނީ އަގީދާ ހިތްތަކުގައި ވަރުގަދަވަނީ ދީނީ ކަންކަމަށް ފަރުވާތެރިވެ ކުރަން އަންގަވާފައިވާ ކަންކަން އަމަލީ ގޮތުން ކުރުމާއި އެކު ދުރުހެލިވުމަށް އަންގަވާފައިވާ އެންމެހައި މުންކަރާތްތަކުން ދުރުހެލިވެގެން ކަމަށެވެ. ޒުވާނުންނާއި، ޅަ ދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ސައްހަ އަގީދާ ސާބިތު ކުރުމަށް މަސައްކަތް ކުރުމަކީ މައިންބަފައިންނާއި، އަދި ތައުލީމީ މުއައްސަސާތަކުގެ ޒިންމާއެއް ކަމުގައި ދެކި އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ސޯލިހް ވިދާޅުވީ އިސްލާމް ދީނުގެ ތަސައްވުރު ހުތުރު ކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކާ މެދު ފަރުވާތެރިވެ އެފަދަ ކަންކަމުން މިއަދުގެ ދަރީން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ، އެންމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ގައުމީ ވާޖިބެއްކަމަށެވެ.
އެގޮތުން އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ކަންކަން، އިސްލާމް ދީނުގެ ނަމުގައި މުޖްތަމައުގެ ތެރޭގައި ފެތުރުން ހުއްޓުވޭނީ، ދީނުގެ ސައްހަ އަގީދާ އޮޅުންފިލުވައިދީގެންކަން އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ. އަދި އިސްލާމް ދީނަށް އިހާނެތިކޮށްހިތުމާއި، ކުޑައިމީސްކުރުމުގެ އެންމެހައި ޢަމަލުތަކުން މުޖްތަމައުގެ ދަރީން ސަލާމަތް ކުރެވޭނީ ވެސް ހަމަ އެ އުސޫލުންކަމަށް ރައީސް ސޯލިހްގެ ހިތޯބުގައި ވިދާޅުވިއެވެ.

ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބިންގަލަކީ، މާތްވެގެންވާ އިސްލާމީ ޢަގީދާކަމަށާއި ދިވެހިންގެ ހިތްތަކުގައި އެންމެ ލޯތްބާއި ގަދަރުކުރެވޭ އަދި އެންމެ އިޙްތިރާމްކުރެވޭނީ ވެސް އިސްލާމީ އަގީދާއަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، އިސްލާމް ދީނުގެ އެންމެ މުހިންމު ބަހާތައް ކަމުގައިވާ، އެކަކު އަނެކަކަށް އޯގާތެރިވުމާއި، މައާފްކުރުމާއި، ތަހައްމަލްކުރުމާއި، ގުޅިގެން އުޅުމުގެ މަތިވެރި ސިފަ ދިވެހިންގެ ކިބައިގައި ހަރުލައްވަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ ކުޑަވެފައި، މީސްކޮޅު ކިތަންމެ މަދު ނަމަވެސް، ދިވެހިންނަށް ލިބިފައިވާ ނިޢުމަތްތަކާއި ވަސީލަތްތައް، ގުނައި ޢަދަދު ނުކުރެވޭހައި ގިނަކަމަށާއި، އެ ހުރިހާ ނިއުމަތްތަކެއްގެ ތެރެއިންވެސް، އެންމެ މަތިވެރި އަދި އެންމެ އަގު ބޮޑު ނިއުމަތަކީ، އިސްލާމް ދީނުގެ މަތިވެރި ނޫރުން، ދިވެހިންގެ ހިތްތައް އުޖާލާކޮށްދެއްވުންކަމުގައި ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: