ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިންލޭންޑާއި ރާއްޖެއާއި ދެމެދު ވައިގެ ދަތުރުތައް ފަށަނީ

ފިންލޭންޑާއި ރާއްޖެއާއި ދެމެދު ވައިގެ ދަތުރުތައް ފަށަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ފިންލޭންޑާއި ދެމެދު ޝެޑިއުލް ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއިކޮށްފިއެވެ.

ރާއްޖެއާއި ފިންލޭންޑާއި ދެމެދު ވައިގެ މަގުން ދަތުރުކުރުން ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އަދި ފިންލޭންޑުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޕެކާ ހާވިސްޓްއެވެ. ޝާހިދު މިހާރު ފިންލޭންޑަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ ދެ ގައުމުގެ ދެމެދުގައި ކޮމާޝަލް ވައިގެ ދަތުރުތައް ފެށުމުގެ ފުރުސަތު އެ އެއްބަސްވުމުގެ ސަބަބުން ފަހިވެގެންދާނެ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުންް އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

ޝާހިދު އާއި ޕެކާއާއި ބައްދަލު ކުރައްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އަދި ދެ ބޭފުޅުންވެސް މަޝްވަރާކުރެއްވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުންނެވެ. އިތުރަށް މަޝްވަރާކޮށް، ކުރިއެރުވުމަށް ނިންމި ދާއިރާތަކުގެ ތެރޭގައި އިގްތިސާދީ ދާއިރާ އާއި، ރާއްޖޭގެ ޒުވާނުންނަށް ފިންލޭންޑުން މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު އިތުރު ކުރުން ހިމެނެއެވެ. އަދި ގައުމުގެ ދެމެހެއްޓެނިވި ތަރައްގީ އާއި ޓެރަރިޒަމް އާއި ދެކޮޅަށް މަސައްކަތް ކުރުމުގައި އެހީތެރިކަން ހޯދުމަށް މަޝްވަރާކުރިއެވެ.

ފިންލޭންޑަކީ ތައުލީމީ ދާއިރާއިން ފާހަގަކުރެވޭ ގައުމެކެވެ. އެގޮތުން އެ ގައުމުގެ ކިޔަވައިދިނުމުގެ ވައްޓަފާޅި އާއި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމުގައި އާ ގޮތްތައް ހޯދުން ހިމެނެއެވެ. އަދި އެ ގައުމުގެ ކިޔަވައިދިނުމުގެ މޮޑެލްއަކީ ދުނިޔޭގެ އެހެން ގައުމުތަކުންވެސް ޕްރެކްޓިސް ކުރަމުން އަންނަ މޮޑެލްއެކެވެ. އެކަމަށް އިޝާރާތް ކުރައްވައި ޝާހިދު ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލު ދެއްވާ ފިންލޭންޑުގެ ތައުލީމީ ދާއިރާއަށް ތައުރީފް ކުރައްވާފައެވެ.

ފިންލޭންޑަކީ ޔޫރަޕިއަން ކައުންސިލްގެ ރިޔާސަތު ބަލަހައްޓާ ގައުމަށް ވާތީ ޝާހިދު އެދިވަަޑައިގެންނެވީ ދިވެހިންނަށް ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޔޫރަޕިއަން ޔޫނިއަންގެ މާކެޓުގައި ލުޔެއް ހޯދުމަށާއި ދިވެހިންނަށް ވިސާއާ ނުލައި އެ ގައުމުތަކަށް ދަތުރުކުރެވޭ ގޮތް ހެދުމަށް އެހީތެރިވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: