ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޕޯޓަށް ބާރު ބޮޑު، އެމްއޭސީއެލްއިން އެދެނީ ވީހާވެސް އަވަހަށް ޗެކިން ވުމަށް!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަތިންދާބޯޓުތަކެއް ޕާކުކޮށްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އެއާޕޯޓަށް ވީހާ ވެސް އަވަހަށް ޗެކިންވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އެމްއޭސީއެލް އިން އިލްތިމާސްކޮށްފިއެވެ.

ކުރިޔަށް މިދަނީ ސްކޫލުތަކުގެ ބޮޑު ޗުއްޓީއަށްވާއިރު، ގިނަ އަދަދެއްގެ އާއްމުން އާއިލާ އާއި ރައްޓެހިންނާއި އެކީ ދަނީ ދަތުރު ކުރަމުންނެވެ. އެމްއޭސީއެލްއަށް ބާރުބޮޑު ވެ، ޝަކުވާތަކަށް އިތުުރުވެފައިވާއިރު އެމްއޭސީއެލްއިން ވަނީ އެއާޕޯޓުން ފުރާ ފަސިންޖަރުން ޗެކިންވުމަށް ހާއްސަކޮށްފައިވާ ގަޑިއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޗެކިން ކްލިއާ ކުރުމަށް އެދިފައެވެ. ބަންދާއި ދިމާކޮށް ޑޮމެސްޓިކް ދަތުރުތައްވެސް އިތުރުވެފައިވާކަން ފާހަގަކޮށް އެމްއޭސީއެލްއިންވަނީ ޓިކެޓުތައް ރަނގަޅަށް ބަލާ، ޗެކިން ގަޑިތައް ސާފުކުރުމަށް ވެސް އެދިފައެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަަދަދުވެސް އިތުރުވާނެތީ، ވީއައިއޭއަށް ބާރުބޮޑުވާނެ ކަން އެމްއޭސީއެލްއިން ވަނީ ފާހަގަކޮށްފައެވެ. އަދި އޭގެ ސަބަބުން އެއާޕޯޓުގައި ކިއު ބޮޑުވާނެކަމަށާއި ޗެކިންތައް ލަސްވެ، އެއާޕޯޓަށް ފުރިބާރުބޮޑުވުމުގެ ސަބަބުން ޑިލޭތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކުންފުނިން ބުނެފައި ވެއެވެ.

ބޮޑު ޗުއްޓީ ބަންދަކީ ގިނަ ބަޔަކު ޗުއްޓީ އަށާއި ބޭސް ފަރުވާ އަށް ފުރާ ދުވަސްވަރުގެ ގޮތުގައި ފާހަގަކުރެވޭ ދުވަސްވަރެކެވެ. އެގޮތުން ރާއްޖޭގައި އެތެރޭގެ އުދުންތައް އުދުހޭ އެއާލައިންތަކުން އެކަމަށް ގިނަ ތައްޔާރީތައް ވެ، އެ އެއާލައިންތަކުގެ ދަތުރުތައް ޑިމާންޑާއި އެއްވަރަށް އިތުރުކުރެއެވެ.

އެމްއޭސީއެލްގެ އޮފިޝަލްއެއް ވިދާޅުވީ ބާރުބޮޑުވާނެ ވަކި ގަޑިތަކެއް ދަންނަވާކަށް ނޭނގޭކަމަށާއި، އެހެން ނަމަވެސް އާއްމުގޮތެއްގައި ގިނަ މީހުން ޗެކިން ނިމޭ ގަޑިއާއި ކައިރިކޮށްފައި އެއާޕޯޓަށް އަންނަ ކަމަށެވެ. އެގޮތުން އޭނާ ބުނީ، ޑިލޭތައް ދިމާވާ އެންމެ ބޮޑު އެއް ސަަބަބަކީ އެއީ ކަމަށެވެ. ފަސިންޖަރުންގެ ލަގެޖުގައި މައްސަލައެއްވާނަމަ އެކަންތައް ވެސް ހައްލުކުރަން ވަގުތު ނަގާތީ އާއި، ވަގުތު އޮއްވައި އެއާޕޯޓަށް އައުމަށް އޮފިޝަލް ވަނީ އެދިފައެވެ. އެމްއޭސީއެލްގެ އެދުމަކީ ބޯޓު ފުރާ ގަޑީގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް އައިސް ޗެކިންވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: