ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިންގް ސަލްމާން މިސްކިތް ނިމުމަކާއި ގާތަށް، މިހާރު ކުރިޔަށް ދަނީ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް

ކިންގް ސަލްމާން މިސްކިތް ނޫސްވެރިންނަށް ދައްކާލުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ހެންވޭރުގައި އާޓިފިޝަލް ބީޗުގެ އުތުރަށްވާ ގޮތަށް އިމާރާތް ކުރަން ފަށާފައިވާ ސަލްމާން ރަސްގެފާނު މިސްކިތުގެ ބޮޑު ބައެއް ނިންމާ މިހާރު ކުރަމުންދަނީ “ހޭންޑް އޯވާއަށް” ހުރިހާކަމެއް ބެލުމުގެ މަސައްކަތް ކަމަށް ޕްލޭނިން މިނިސްޓްރީއިން ބުނެފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މެގަ ޕްރޮޖެކްޓެއްގެ ގޮތުގައި ކިންގް ސަލްމާން މިސްކިތް ޖުމްލަ 24.94 މިލިއަން ޑޮލަރަށް ހަވާލުކޮށް ކުރިޔަށް ގެންގޮސްފައިވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާއި ހަވާލުކޮށްގެންނެވެ. ސަލްމާން ރަސްގެފާނުގެ ހަދިޔާއެއްގެ ގޮތުގައި 41500 އަކަފޫޓުގެ ޖާގައަކާ އެކު ބިނާކުރާ މިސްކިތުގައި ފަސް ފަންގިފިލާ ހިމެނެއެވެ. އަދި މިސްކިތަށް އަރާ ފައިބާ ހަދަން ހަތަރު ލިފްޓު ހުންނަ އިރު، މިސްކިތަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް ހާއްސަކޮށް ތައްޔާރު ކުރެވިގެންދާނެއެވެ.

މިސްކިތުގައި އޮޑިޓޯރިއަމަކާއި މަލްޓި ޕާޕަސް ހޯލެއް ވެސް ހުރެއެވެ. އަދި މިސްކިތުގައި ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއަކާއި ކްލާސްރޫމްތަކާއި ސެމިނާ ރޫމްތައް ވެސް ހުންނާނެއެވެ. އެ މިސްކިތުގައި މާބުލް ޖަހާފައިވާ ސަރަހައްދާ އެކު ޖުމްލަ 10،000 މީހުންނަށް އެއްފަހަރާ ޖަމާއަތް ހަދައިގެން ނަމާދު ކުރެވޭނެއެވެ. މިސްކިތުގެ ބޭރުގައި 6000 މީހުންގެ ޖާގަ އޮވެ އެވެ. ފުރަތަމަ އަދި ދެވަނަ ފްލޯގައި އެއްފަހަރާ 4000 މީހުންނަށް ނަމާދު ކުރެވެ އެވެ. މިސްކިތުގެ ދެވަނަ ފްލޯ ހާއްސަ ވަނީ އަންހެނުންނަށެވެ. އަންހެނުންނަށް ހާއްސަ ފާހާނަ ބަރިތަކާއި ވަކިން އެ ފްލޯއަށް އެރޭ ގޮތައް ވަނީ ހަދައިފަ އެވެ.

ކިންގް ސަލްމާން މިސްކަތަކީ ހަމައެކަނި މިސްކަތެއް ނޫނެވެ. އެއީ އިސްލާމީ މަރުކަޒެއްގެ ގޮތުގައި ރާއްޖޭގައި އަޅާ އެންމެ ބޮޑު އަދި އެންމެ ރީތި ބިނާއަށް ވެގެންދާނެއެވެ. ކިންގް ސަލްމާން މިސްކިތް ނޫސްވެރިންނަށް ދަައްކާލަން މިއަދު ބޭއްވި ޓުއާ ތެރެއިން އެ ޕްރޮޖެކްޓުގެ އިންޖީނިއާ ހަސަން ސާމީ ވިދާޅުވީ މި މަހުގެ ނިޔަލަށް މަސައްކަތްތައް އެކީ ނިންމާލެވޭނެކަމަށެވެ. މިހާރު ތަޖުގައި ކުރިޔަށްދަނީ، އިންޓީރިއާގެ ފަހުގެ މަސައްކަތްތަކާއި އެކު، ތަނުގެ ފްލޯތަކުގައި ލީކޭޖްއެއް އުޅޭތޯ ބެލުމެވެ. އެހެން ކަމުން، މިސްކިތް ހަވާލު ކުރުމުން، ތަން ހުޅުވާނެ ތާރީހެއް ކަނޑައެޅިގެން ދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: