ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަފާރީތައް ނަގަން މާފުށިން ނެރުނު ނޯޓިސް ބާތިލުކުރަން އެލްޖީއޭއިން އަންގައިފި

ސަފާރީތައް ނަގަން މާފުށިން ނެރުނު ނޯޓިސް ބާތިލުކުރަން އެލްޖީއޭއިން އަންގައިފި - ފޮޓޯ: ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށި ކައިރީ އަޅާފައިހުރި ސަފާރީތައް ބޭރު ކުރަން އަންގާ އެ ރަށު ކައުންސިލުން ނެރުނު ނޯޓިސް ބާތިލުކުރުމަށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްތަކަށްވާ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

ރަށު ކައުންސިލްއިން އެކަމާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއި އެކު މާފުށީ ކައުންސިލްގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ބަނދަރުކޮށްފައިވާ ސަފާރީތައް އިހުތިސޯސް އިން ބޭރަށް ގެންދިޔުމަށް އަންގާ ކަމަށެވެ. އެހެން ނަމަވެސް އެ އެންގުމާއި ގުޅިގެން ސަފާރީތައް ގެންގުޅޭ ފަރާތްތަކާއި، ގާނޫނީ ދާއިރާގެ ބޭފުޅުންވެސް ވަނީ ކަންބޮޑުވުންފާޅުކޮށް ވާހަކަ ދައްކާފައެވެ.

ލާމަރުކަޒި ގާނޫނަށް ގެނެވުނު އިސްލާހު ފާހަގަކޮށް އެލްޖީއޭއިން ބުނެފައިވަނީ ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެއް ކަމަށެވެ. އަދި އެއީ ކައުންސިލްތަކަށް ލިބިގެން ނުވާ ބާރެއްކަން މާފުށީ ކައުންސިލަށް މިހާރު އަންގާފައިވާ ކަމަށެވެ. ގާނޫނުގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތުގުމަތިން އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުއީ އެއްވެސް މީހެއްގެ މުދަލެއް އެ މީހެއްގެ ރުހުމެއްނރތި ދައުލަތަށް ނަގައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ކަނޑައެޅިފައިވާ ގާނޫނާއި އެއްގޮތަށް ޝަރުއީ މަރުހަލާ މެދުވެރިކޮށް ނޫންގޮތަކަށް، އެއްވެސް މީހެއްގެ މުދަލެއް ނަގައި އެ ތަކެތި ނައްތާލާ ނުވަތަ ނީލަމުގައި ވިއްކާލުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެލްޖީއޭއިން ބުނެފައިވެއެވެ.

މީގެ އިތުރުން އެ އިދާރާއިން ބުނެފައިވަނީ ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން ނުވަތަ ކޯޓަކުން ކުރާ ހުކުމަކުން ނޫނީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުމެއް ނެތި ދައުލަތަށް ނަގައިގެން ނުވާނެކަމަށް ގާނޫނު އަސާސީގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި، އެ ނޫންގޮތަކަށް އެއްވެސް މީހެއްގެ މުދަލެއް ނަގައި އެތަކެތި ނައްތާލައި ނުވަތަ ނީލަމުގައި ވިއްކުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

މާފުށީ ކައުސިލްގެ އިއުލާނު ބާތިލު ކުރުމަށް އަންގާ އެލްޖީއޭއިން ވަނީ ލާމަރުކަޒި ގާނޫނުގައި ބަޔާންކޮށްފައިވާ “ކައުންސިލްގެ އިހްތިސާސް ހިނގާ ސަރަހައްދު ކަނޑައެޅުމުން” މި މާއްދާ ފާހަގަކޮށްފައެވެ. އެ މާއްދާފައި ބުނެފައިވަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ކޮންމެ ސިޓީ ކައުންސިލަކާއި، ރަށު ކައުންސިލެއްގެ އިހްތިސާސް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންވާނެ ކަމަށެވެ. ކައުންސިލް ތަކަށް ބާރު ދީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން، ރަށު ކައުންސިލްގެ އިހުތިސޯސް އަކީ އެ ރަށެއްގެ އުރަ ފަށުން ފެށިގެން 700 މީޓަރެވެ.

މާފުށީ ކައުންސިލުން ބުނެފައިވަނީ އެ ކައުންސިލްގެ އިހުތިސޯސްގައި އެއްވެސް ސަފާރީއެއް ބަނދަރުކޮށްފައިވާނަމަ އެ ސަފާރީ އެއް އެތަނުން ނަގުމަށެވެ. އަދި އެ މުއްދަތުގައި ސަފާރީތައް ނުނަގައިފިނަމަ ސަފާރީތައް ކައުންސިލްގެ ފަރާތުން ނަގާނެ ކަމަށާ، އެ ތަކެތި ނައްތާލާނެ ކަމަށެވެ. ނޫނީ ނީލަމުގައި ވިއްކާލާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ ތަކެތި ހުސްކުރުމުގެ ތެރޭގައި ސަފާރީ ތަކަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖޭގެ އެންމެ ފުޅާކޮށް ގެސްޓްހައުސްގެ ވިޔަފާރިކުރާ މާފުށީގެ ކައިރީގައި އަބަދު ވެސް ސަފާރީތައް ބާއްވަ އެވެ. އަދި އެ ރަށުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ބައެއް ގެސްޓްހައުސްތަކުން ވެސް ސަފާރީތައް ބަހައްޓައިގެން ވިޔަފާރި ކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: